ނެޝަނަލް އިންތަރ ގްރިޓީ ކޮމެޓީއަށް ގާސިމް އައްޔަން ކުރަން ކޮމިޓީން ފާސްކޮށްފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް  ގާސިމް އަބްދުލް ކަރީމް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.
ޤާސިމަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަޅާ އަރުވާލި ބޭފުޅާގެ ގޮތުގައި ގިނަބަޔަކު ސިފަކުރާ މީހާއެވެ. ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރުގެ މަގާމުގައި ގާސިމް ހުންނަވަނިކޮށް އޭނާ ވަނީ ހިޔާނާތުގެ ފައިސާ ޖަމާ ކުރެވެމުން ދިޔަ ބީއެމްއެލްގައި އޮންނަ އެސްއޯއެފްގެ އެކައުންޓްގެ މައުލޫމާތުތައް އާންމުކޮށްފައެވެ.
ބޭންކްގެ ވިސްލް ބްލޯވަރުގެ ނަމުން މަޝްހޫރުވި ގާސިމްއަށް ބީއެމްއެލްގެ އެތެރޭގެ މައުލޫމާތުތަކެއް ލީކްކޮށްލި މައްސަލާގައި 1 އަހަރާއި 4 މަހުގެ ޖަލު ހުކުމެއް އައިސްފައިވެއެވެ. އެ ހުކުމް ތަންފީޒުކޮށް އޭނާ ޖަލުން މިނިވަންވީ 2017 ގައެވެ.
އެންއައިސީ އިން މަގާމެއް ހުސްވީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި އަހުމަދު ސުލައިމާން ކޮމިޝަނުން ވަކިކުރަން މަޖިލީހުން ފާސްކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ