މިއަހަރު އޮންނަ ރިޔާސީ އިންތިޙާބުގައި ކުރިއަށް އޮތް 5 އަހަރަށް ރައްޔިތުންނަށް ކޮންމެ ވަޢުދެއް ވިޔަސް މިހާރު ރައްޔިތުން ޤަބޫލުކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން "ހެސްކިޔާފަ" ގެ ނަމުގައި އަލިމަސް ކާނިވާ ސަރަޚައްދުގައި މިހާރު ކުރިޔަށްދާ ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މެންބަރ ފަލާހު ވިދާޅުވީ، ރައީސް ޔާމީންގެ 4 އަހަރު ނިމި 5 ވަނަ އަހަރު ކުރިއަށްދާއިރު އެމަނިކުފާނު ދައްކަވަނީ ހުވަފެންތަކެއް ނޫންކަން މިހާރު ރައްޔިތުންނަށް ޔަޤީންކުރެވިފައިވާކަމަށެވެ. އޭގެ ހެއްކެއްގެ ގޮތުން ފަލާޙު ދެއްކެވީ "ހިޔާ" މަޝްރޫޢުގެ ފްލެޓުތަކަށް ކުރިމަތިލުމަށް ހުލުވާލުމުން 50000 އަށްވުރެއް ގިނަ ފޯމު ހުސްވި ހުސްވުމެވެ.
އިތުރަށް ފަލާޙު ވިދާޅުވީ މީގެ ކުރިން ދިވެހިރާއްޖެ ދުއް ދައުލަތްތަކަކީ ނިކަމެތި ދައުލަތްތަކެއް ކަމަށާ، އިދިކޮޅު އެމްޑީޕީގެ ފުރަތަމަ ފިޔަވަޅަކީވެ ޤާނޫނާ ޚިލާފު ފިޔަވަޅެއްކަމަށެވެ. އެގޮތުން 2018ގެ ރިޔާސީ ކެނޑިޑޭޓަކަށް ދެއްކެވި ބޭފުޅަކީ އުސާމާ ބިންލާދިން ކަމަށެވެ. އެއީ އުސާމާ ވެސް ފިއްލަވައިގެންހުރެ ކަންކަން ހުރެއްވިކަމަށާ ނަޝީދުގެ ފަރާތުންވެސް ފެންނަނީ މިފަދަ ކަމެއްކަމަށެވެ.
ފަލާހު ވިދާޅުވީ ތަރައްގީއާ މެދު ވިސްނާލާ ކޮންމެ ފަހަރަކު "މިސްވަނީ" ރައީސް ޔާމީން ކަމަށެވެ.
މި ސަރުކާރުން ކުރި ކަންކަމުގެ ކުރެހުންތައްވެސް އިދިކޮޅުފަރާތްތަކަށް ފަސް އަހަރުތެރޭ ނިންމާ ނުލެވޭނޭ ކަމަށާއި، ރައީސް ޔާމީނާ ވާދަކުރެވޭވަރުގެ އެއްވެސް ކެނޑިޑޭޓެއް އިދިކޮޅުފަރާތްތަކުގައި ނެތްކަމަށެވެ.
"އިދިކޮޅު ފަރާތްތަކުން ކުރާ ވައުދުތަކަކީ އެއްވެސް ޔަގީން ކަމެއް އޮންނަ ވައުދުތަކެއް ނޫން" މެންބަރ ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ މާތް ﷲ ގެ އިރާދަފުޅާއެކު 2018 ވަނަ އަހަރު ނޮވެންބަރ 11 ވާ އާދީއްތަ ދުވަހު ރައީސްކަމުގެ ހުވާ ކުރައްވާނީ ރައީސް ޔާމީން ކަމަށެވެ.
ރައީސް ޔާމީން ކޮންމެ ވަޢުދެއްވިޔަސް މިހާރު ރައްޔިތުން ޤަބޫލުކުރާނެ - ފަލާޙު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ