މަޖިލީހަށް ހޯދަން އިއުލާންކޮށްފައިވާ ސެކިއުރިޓީންނަށް މުސާރަ ދެވޭނެ ގޮތެއް ނެތްކަމަށް ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
މީޑިޔާގައި ޖިހާދު މިއަދު ވިދާޅުވެފައިވަނީ، ދައުލަތުގެ ބަޖެޓު އުޅެނީވަރަށް ތާށިކޮށް ކަމަށާއި، މިފަދަ ވަގުތެއްގައި އެމްއެމްއޭއިން އިތުރު ފައިސާ ދޫކުރާނެ ކަމުގެ ޔަގީންކަމެއް ނެތްކަމަށެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވެފައިވަނީ އިތުރު ވަޒީފާތަކެއް އުފައްދައިގެން މުވައްޒަފުންނަށް މުސާރަ ދޭނެ ހަކަތައެއް ބަޖެޓުގައި ނެތްކަމަށާއި ރައްޔިތުންނަށް ބޭނުންވާ އަސާސީބައެއް ޚިދުމަތްތައްވެސް ފޯރުކޮށްދިނުމުގައި ބަޖެޓަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން އުނދަގޫވެފައިވާކަމަށެވެ.
އެހެންކަމުން ހުރިހާ މުއައްސަސާއަކުންވެސް ވީހާވެސް ހަރަދު ކުޑަކުރުމަށް ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ވަނީ އެދިވަޑައިގެންފަ އެވެ.
މިކަމާ ގުޅިގެން ވީނިއުސްއިން ފިނޭންސް މިނިސްޓަރުގެ ބަހެއް ހޯދަން ގުޅުމުން ފޯނު ނުނަންގަވާތީވަނީ ބަހެއް ނުލިބިފަ އެވެ.
ރައްޔިތުންގެ މަޖިލީހުން އިއްޔެ 100 ސެކިއުރިޓީ އޮފިސަރުނާއި ދެ އެސިސްޓަންޓް ސާޖަންޓް އެޓް އާމްސްގެ މަޤާމަށް މީހުން ހޯދަން ވަނީ އިއުލާންކޮށްފަ އެވެ.
ނަމަވެސް މި މަގާމުތަކަށް މީހުން ހޯދާ ސަބަބެއް މަޖިލީހުން ހާމައެއް ނުކުރެ އެވެ.
މަޖިލީހަށް ހޯދާ ސެކިއިރިޓީންނަށް މުސާރަ ދެވޭނެ ކަމުގެ ޔަގީންކަމެއް ނެތް: ޖިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ