އުނގޫފާރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ނައެއް ޖެހި އިރު ފެށިގެން އެދާއިރާގެ ރަށްތަކާއި މާލޭގައި ކުރިއަށް އެބަދެއެވެ.
އުނގޫފާރު ދާއިރާގައި ހިމެނޭ މާފަރާއި ހުޅުދުއްފާރައި އުނގޫފާރުގެ އިތުރުން މާލޭގައި ވޯޓު ފޮއްޓެއް ބަހައްޓާފައިވަނީ ތާޖުއްދީނު ސުކޫލު ހޯލުގައެވެ.
އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލާފައިވަނީ އެންމެ ތިން މީހެކެވެ. އެއީ އަމިއްލަ ގޮތުން ކުރިމަތިލީ ނާޖިހު ޖިނާހުވަނީ އެންމެ ފަހު ވަގުތު އޭނާގެ ނަން އަނބުރާ ގެންގޮސްފައެވެ. އެމްޑީޕީގެ ފަރާތުން ޑރ.އަހުމަދު އަޝްރަފު ވާދަ ކުރައްވަމުން ގެންދަވާ އިރު، ޕީޕީއެމްގެ ފަރާތުން ވާދަ ކުރަމުން ގެންދަނީ އަވަހާރަކޮށްލާފައިވާ ޑރ.އަފްރާޝިމު އަލީގެ ކޮއްކޮ އަމީން އިބްރާހީމެވެ. އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނަށް ކެމްޕޭން ކުރުމަށް އެމްޑީޕީއާއި ޕީޕީއެމުން ހިންގި ފޯރިގަދަ ހަރަާތްތައްވަނީ އިއްޔެ ހަވީރު ހުއްޓާލާފައެވެ.
ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވަނީ ހަވީރު ހަތަރެއް ޖަހަން ދެނެވެ.
އުނގޫފާރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ