މޫސުން ގޯސްވުމުގެ ސަބަބުން ރައީސް ނަޝީދުގެ ކެމްޕޭން ދަތުރު މެދުކަނޑާލައްވައިފި

މޫސުން ގޯސްވެ ދަތުރު ފަތުރު ކުރަން އުނދަގޫވުމުގެ ސަބަބުން ކެމްޕޭން ދަތުރު މެދު ކަނޑާލެއްވުމަށްފަހު ރައީސް މުހައްމަދު ނަޝީދު އެނބުރި މާލެ ވަޑައިގަންނަވައިފިއެވެ.
ތ.އަތޮޅަށް ކުރެއްވި ދަތުރުފުޅު މެދު ކަނޑާލެއްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު މަގުން ރަށްރަށަށް ވަޑައިގެންނެވުމަށް އުނދަގޫފުޅު ވެގެންނެވެ. ތ.އަތޮޅަށް ފުރާވަޑައިގެންނެވީ އިއްޔެ ހަވީރުއެވެ. މިދަތުރުފުޅުގައި ތ.އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ.
އެމްޑީޕީން ކުރަމުން ގެންދާ ކެމްޕޭން ދަތުރުތަކުގައި ރާއްޖޭގެ 22 ސަރަހައްދެއްގައި އެއްވަގުތާ މިހާތަނަށް އައި އިރު ތިން ސިޔާސަތެއްވަނީ ހާމަކޮށްފައެވެ. އަދި އިތުރު ފަސް ސިޔާސަތެއް ހާމަ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޑީޕީން މައުލޫމާތު ދެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ތ އަތޮޅަށް ފެއްޓެވި ދަތުރުފުޅު މެދު ކަނޑާލެއްވި އިރު މިދިޔަ ގދ އަށް ކުރެއްވި ދަތުރުފުޅުގައި ވެސް މޫސުން ގޯސްވުމުގެ ސަބަބުން ކޮންމެ ވެސް ވަރެއްގެ ދަތިތަކާއި ކުރިމަތިވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ