ކަމަދޫގައި 17 އަހަރުގެ ކުއްޖަކު ބަލިވެއިނދެ އެކަނިމާއެކަނި ވިހައިފި

ބ. ކަމަދޫގައި ކުޑަކުއްޖަކު ބަލިވެއިނދެ އެކަނިމާއެކަނި ވިހައިފި އެވެ. ކަމަދޫގައި ކުޑަކުއްޖަކު ބަލިވެއިނދެ ވިހައިގެން އުޅޭ ކަމުގެ ރިޕޯޓެއް ލިބިގެން މިއަދު ހެނދުނު ފުލުހުން އެރަށަށް ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް އަދި ނުދެ އެވެ. އެނގިފައިވާ ގޮތުގައި ކަމަދޫގައި ބަލިވެއިނދެ ވިހާފައި ވަނީ 17 އަހަރުގެ ކުއްޖެކެވެ. އަދި އޭނާ ވިހާފައި ވަނީ އެއްވެސް މީހެއްގެ އެހީތެރިކަމާ ނުލައި ފާހާނާގައި، އެކަނި ކަމަށް ވެސް އެނގިފައިވެ އެވެ. ވިހެއި އިރު ވެސް ދަރިފުޅު އޮތީ މަރުވެފައި ކަމަށްވެ އެވެ. ވިހޭ ފަހުން އޭނާ މިހާރު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ކަމަށާއި ހާލު ރަނގަޅު ނޫން ކަމަށް އެނގިފައިވެ އެވެ. އެނގިފައިވާ ގޮތުގައި އެ ކުއްޖާ ވިހާފައި ވަނީ ހަތް މަހުގަ އެވެ. އަދި އަންހެންކުއްޖާގެ މައިންބަފައިންނަށް އޭނާ ބަނޑުބޮޑުވިކަން އެނގުނީ ވެސް އޭނާ ވިހެއުމުންނެވެ. ކުރިން ޖިންނި އަވަލާފައިވާ ކަމަށް ބުނާ އެ ކުއްޖާ، ވިހެއުމަށް ފަހު، ދަރިފުޅަކީ ޖިންނިއަކަށް ލިބުނު ކުއްޖެއް ކަމަށް ބުނެފައިވާ ކަމަށްވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ