ގދ. ރަތަފަންދޫ ސްކޫލުގައި އެކައުންޓިން ޓީޗަރެއް ނެތުމުން ހިތްހަމަ ނުޖެހިގެން ބެލެނިވެރިން ނުކުމެ ސްކޫލް ބަންދުކޮށް މުޒާހަރާ ކުރަންފަށައިފި އެވެ.
ރަތަފަނުދޫ ކައުންސިލްގެ ރައީސް އަހުމަދު ފައުޒީ، ވިދާޅުވީ މިއަދު އެ ސްކޫލުގެ ބެލެނިވެރިން ސްކޫލް ބަންދު ކޮށްފައިވާ ކަމަށާއި އޭގެ ކުރިން އެއްވެސް ޓީޗަރެއް ނެތުމުގެ މައްސަލައިގައި ޝަކުވާއެއް އުފުލާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ސްކޫލް ބަންދު ކުރުމާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީއާ ވާހަކަ ދައްކައިގެން ސްކޫލަށް ބޭނުންވާ އެކައުންޓިން ޓީޗަރަކު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިއަދު މިއިގުނީ އެކައުންޓިން ޓީޗަރެއްނެތްތާ ތިން މަސްވެއްޖެކަން. ސްކޫލުން އެއްވެސް ގޮތަކަށް އަޅުގަނޑުމެންނަށް އަންގާފައެއްނުވޭ. މިހާރު އެޑިޔުކޭޝަން މިނިސްޓްރީގައި މި މައްސަލަ ހައްލުކޮށްދިނުމަށް އެދިފަވާނެ،" ފައުޒީ ވިދާޅުވި އެވެ.
ފައުޒީ ވިދާޅުވީ ބެލެނިވެރިން ސްކޫލް ބަންދުކޮށްފައިވާއިރު އެހެން ކަންތައްތަކަކަށް ވެސް ޑިމާންޑު ކުރަމުންގެންދާ ކަމަށާއި އެގޮތުން
ރަށު ކައުންސިލް އިދާރާ ބަންދު ކުރުމަށް ގޮވާލައި މުޒާހަރާ ކުރަމުންދާ ކަމަށެވެ. އެ މުޒާހަރާ ކުރަނީ އަންހެނުންގެ ޖަމިއްޔާއިން ހަދާފައިވާ ބޭސްފިހާރަ ހުޅުވުމުގެ ހުއްދަ ހެލްތް މިނިސްޓްރީ ފަރާތުން ނުދީގެން ކަމަށް ވެސް ފައުޒީ ވިދާޅުވި އެވެ.
"ހެލްތް މިނިސްޓްރީން މިރަށު ބޭސްފިހާރާގައި އެއާކޯން ނެތޭ ބުނެ ހުއްދަ ނުދިނީ، މިވަގުތުގައި ރަށަކުނެތް ބޭސް ލިބޭނެ އެއްވެސް ގޮތެއް، އެކަމާ ވެސް މުޒާހަރާ ކުރަމުން ދަނީ،" ފައުޒީ ވިދާޅުވި އެވެ.
ބެލެނިވެރިން ނުކުމެ ރަތަފަންދޫ ސްކޫލް ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ