އައްޑޫގައި ކަރަންޓް ކެނޑި، އާންމުންނަށްވާ ގެއްލުންތަކުގެ ޒިންމާ ފެނަކައިން އުފުލަންޖެހޭނެ: މޭޔަރު

މިއަހަރު ފެށުނީއްސުރެ އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓް ކެނޑުމުގެ މައްސަލައާހުރެ ސިޓީގެ ޢާންމުންނަށް ދައްޗާ ކުރިމަތިވަމުންދާ ކަމަށާއި، އައްޑޫ ސިޓީއިން ކަރަންޓް ކެނޑެމުންދާ މައްސަލައިގެ ޒިންމާ ފެނަކަ ކޯޕަރޭޝަނުން ނަގަން ޖެހޭނެ ކަމަށް، އައްޑޫ ސިޓީ ކައުންސލުން ބުނެފި އެވެ.
އައްޑޫގެ މައި އިންޖީނުގޭގެ ބޭނުން ކުރާ ހަ ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރު ހަލާކުވެ ގުޅިފައިވާ ރަށްތަކުގެ އެކި
ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑަމުންދާ މައްސަލާގައި މޭޔާ އަބްދުﷲ ސޯދިގު ވިދާޅުވީ، ކަރަންޓް ކެނޑުމުގެ މައްސަލަ ބޮޑުވެފައިވާއިރު، ރޭގަނޑު މަގުތަކުގައި ކަރަންޓް ނޯންނާތީ ކުށްކުރާ މިންވަރު އިތުރުވެ، އެކިތަންތަނުގައި ރޭގަނޑު ސެކިއުރިޓީ ބަލެހެއްޓުން ވެސް "ބިރުވެރި ކަމަކަށް" ވެފައިވާ ކަމަށެވެ.
މޭޔަރު ވިދާޅުވީ ދިރިއުޅުމުގެ ބޮޑުބައި ކަރަންޓަށް ބަރޯސާވާއިރު ކަރަންޓް ކެނޑެމުންދާތީ ޢާންމުންގެ މުދަލަށް ގެއްލުންވަމުންދިއުމުގެ ޝަކުވާތައް ކައުންސިލަށް ލިބެމުންދާ ކަމަށެވެ.
"މިގޮތަށް ކަރަންޓް ކެނޑެން ދިމާވީ ޔުލިޓިލީޒް ކުންފުނީގެ ފަރުވާ ކުޑަކުރުމުންކަން ފާހަގަ ކުރެވޭ. މިހާރު ފެނަކަ ކޯޕަރޭޝަންގެ ދަށަށް ބަދަލު ކުރުމުން، އިތުރު އުނދަގޫތަކާއި ކުރިމަތިވެފައިވޭ،" މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑީސެންޓްރަލައިޒްކޮށް ހިންގަމުންއައި ތަންތަން، ސެންޓްރަލައިޒްކޮށް ކައުންސިލަށް ލިބިފައިވާ ބާރުތައް މާލެއަށް ގެންދިއުމުން ކައުންސިލްގެ އަތް ބަނދެވިފައިވާކަމަށާއި އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައިގެ ޒިންމާ، ޔުޓިލިޓީޒް ކުންފުނިންނާއި، ފެނަކަ ކޯޕަރޭޝަނުން ނަގަންޖެހޭނެ ކަމަށެވެ.
އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ ދެ ޖަނަރޭޓަރު ހަލާކުވުމާއި ގުޅިގެން ކަރަންޓަށް މިހާރު ދިމާވަމުންދާ މައްސަލަ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މުޅިން ހައްލު ކުރެވޭކަމަށް ޔޫޓިލިޓީސް ކުންފުނިންވަނީ ބުނެފަ އެވެ.
ޒަކާތު ފަންޑުގެ ދަށުން ބޭސްފަރުވާއަށް ދޫކުރާ އެހީ ދިނުން އެންސްޕާއަށް ބަދަލުކޮށްފި އެވެ.
އެ ޒިންމާތައް އިސްލާމިކް މިނިސްޓްރީން އެންސްޕާ އާއި ހަވާލު ކުރީ މިއަދު އެ މިނިސްޓްރީގައި އޮތް އެއްބަސްވުމެއްގައި ސޮއި ކުރުމަށް ފަހު އެވެ.
އެގޮތުން އެ މިނިސްޓްރީން ރައްޔިތުންނަށް ބޭސް ފަރުވާ ހޯދުމަށް ދެމުން އަންނަ ޒަކާތު ފަންޑު އެހީ އެންސްޕާއިން މިއަދު ވަނީ ވަނީ މިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ.
އަދި ޒަކާތު ފަންޑަށް ލިބޭ އެހީ އެންސްޕާ އާއި ހަވާލުކުރެވޭނެ ކަމަށް މިނިސްޓްރީން މިއަދު ބުންޏެވެ.
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ދީދީ ވިދާޅުވީ، އެ މިނިސްޓްރީން ކުރަމުން އައި މަސައްކަތް އެންސްޕާ އަށް ބަދަލުކުރީ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ކޮށްދީ ވަގުތު ސަލާމަތް ކުރުމުގެ އިތުރުން ގިނަ ބަޔަކަށް އެ ޙިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. ރައްޔިތުންނަށް އެ އެހީ ފޯރުކޮށްދިނުމަށް އެންސްޕާ އާއި ހަވާލުކުރުމުން ގިނަ ފައިދާ ތަކެއް ވާނެ ކަމަށް ދީދީ ވިދާޅުވި އެވެ.
ޒަކާތުގެ ފަންޑުގެ ދަށުން އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ބޮޑެތި ބަލިތަކުގައި އެހީއަށް އެދި ދާ ފަރާތްތަކަށް ފައިސާގެ އެހީތައް ވެފަ އެވެ.
އެގޮތުން ކެންސަރާއި ހިތުގެ ބައްޔާއި ބޮޑެތި އޮޕަރޭޝަން ތައް ކުރަންޖެހިފައިވާ ފަރާތްތަކުގެ އިތުރުން އެ ނޫންވެސް ތަފާތު ބަލިތަށް ޖެހިގެން އެކަމަށް އެކަށީގެންވާ ފަރުވާއަށް ނުހޯދި ތިބޭ މީހުންނަށް ޒަކާތު ފަންޑުގެ ދަށުން އެހީވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ