ވައުދުގެ ދަތުރަށް ހޯމަ ދުވަހު ހަވީރު މާލެއިން ފުރާނެ: ދަތުރުގެ ސްޕޯކްސްޕާސަން

އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުނު މިންވަރު ބެލުމަށް ދެކުނަށް ކުރުމަށް ނިންމާފައިވާ ވައުދުގެ ދަތުރަށް ހޯމަ ދުވަހު ހަވީރު 4 ޖަހާއިރު ފުރާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ދަތުރުގެ ސްޕޯކްސްޕާސަން އިބުރާހީމު ރަޝީދު ވިދާޅުވީ، އަންނަ މަހުގެ އެކަކުން 12އަށް ދެކުނުގެ ހުރިހާ ރަށަކަށް އެމްޑީޕީން ފެށުމަށް ނިންމާފައިވާ ދަތުރުގައި ހޯމަ ދުވަހު ފުރާ އިރު، ދަތުރުގެ ބައިވެރިންނަށް ވަރަށް ހާއްސަ ބައްދަލުވުމެއް މިރޭ ބާއްވާނެ ކަމަށެވެ. މަންދުކޮލެޖުގައި މިރޭ 9 އެއް ޖަހާއިރު ބާއްވާ ބައްދަލުވުމުގައި ދަތުރާ ބެހޭ މައުލޫމާތާއި ދަތުރު ފޮތް ވެސް ބައިވެރިންނާއި ހަވާލު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން ދެކުނަށް ކުރާ ދަތުރުގައި އެމްޑީޕީ ލީޑަރޝީޕްގެ އިސްވެރިންނާއި އެކު މުޅި ޖުމްލަ 250 މީހުން މާލެއިން އެކަނި ވެސް ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ދަތުރުގައި ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެޕާޓީން މައުލޫމާތުދެއެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދުގެހައްޔަރު ކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާގެ ފުރަތަމަ އަޑުއެހުން ވެސް ބޭއްވުމަށް ނިންމާފައިވަނީ ހޯމަ ދުވަހުގެ ހަވީރު ހަތަރެއް ޖަހައިރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ