"ބޮޑު މުޒާހަރާ"ގައި އދ. އަތޮޅުގެ ރައްޔިތުން ބައިވެރިވުމަށް ގޮވާލައި ގަރާރެއް ފާސްކޮށްފި

މަދަނީ އިއްތިހާދާއި އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން މާދަމާ ބާއްވާ ބޮޑު މުޒާހަރާގައި އދ. އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުން އަމަލީ ގޮތުން ބައިވެރިވުމަށް ގޮވާލައި އަތޮޅު ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.
އދ. އަތޮޅު ކައުންސިލްގެ އިދާރާ އިން އިއްޔެ ނެރެފައިވާ ގަރާރުގައި ބުނެފައި ވަނީ އިސްލާމް ދީން ނޫން އެހެން ދީންތައް ޖާގަ ހޯދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ދެކޮޅު ހަދައި އިސްލާމް ދީން ހިމާޔަތްކުރުމުގެ ގޮތުން މަދަނީ އިއްތިހާދުގެ ފަރާތުން މާދަމާ ބާއްވާ ބޮޑު މުޒާހާރާގައި އެ އަތޮޅުގެ ހުރިހާ ރައްޔިތުން ބައިވެރިވުމަކީ އެ އަތޮޅު ކައުންސިލްގެ އެދުމެއް ކަމަށެވެ.
އެއް ގަނޑުގެ ނޫސް ބަޔާނުގައި ބުނެފައި ވަނީ އިސްލާމްދީންގެ ދިފާއުގައި މަދަނީ އިއްތިހާދުން އިސްނަގައިގެން ބާއްވާ މުޒާހަރާއާ ދެކޮޅަށް ސަރުކާރާއި މާލޭ ސިޓީ ކައުންސިލުން ކުރާ މަސައްކަތް ކުށްވެރި ކުރާ ކަމަށެވެ.
"ގާނޫނު އަސާސީން ދިވެހިންނށް ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތަރަހައިގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުޒާހަރާ އާ ދެކޮޅަށް ދަތިކުރުމުގެ ގޮތުން ސަރުކާރާއި މާލޭ ސިޓީ ކައުންސިލުން ނުވަތަ އެނޫން ފަރާތަކުން ވިއަސް ކުރަށްވާ އެންމެހާ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން." ބަޔާނުގައިވެ އެވެ.
މީގެ އިތުރަށް އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ހައްދުތައް ގާއިމްކުރުމަށް ރާއްޖޭގެ ރައްޔިތުން ބޭނުން ނުވާކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ، ވާހަކަފުޅު ދައްކަވާފައި ވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ