ފާރިސްގެ ބަންދު ބަލައި ނުގަނެވޭ، ގަބޫލު ނުކުރެވޭ، ޤާނޫނާއި ހިލާފު: މައުމޫނު

ދަރިކަލުން އަހުމަދު ފާރިސް މައުމޫނު ހުންނެވީ ބަލައި ނުގަނެވޭ ޤަބޫލު ނުކުރެވޭ އަދި ޤާނޫނާއި ހިލާފު ބަންދެއްގައި ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ފާރިސް ހައްޔަރުކޮށްފައި ހުންނަތާ މިއަދަށް 50 ދުވަސް ވީއިރު ރައީސް މައުމޫނު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ފާރިސް ހައްޔަރުކޮށްފައިވަނީ ޤާނޫނާއި ހިލާފަށް ކަމުގައެވެ..@afarismaumoon completes today 50 days in arbitrary detention & 27 days after completion of appeal hearings at HC against his arrest. 1/2— Maumoon Abdul Gayoom (@maumoonagayoom) September 5, 2017އަދި ފާރިސް ހައްޔަރުކުރި މައްސަލައިގެ ހައިކޯޓް އަޑުއެހުންތައް ނިންމާލިތާ 27 ދުވަސް ވެފައިވާކަން ފާހަގަ ކުރައްވާ ރައީސް މައުމޫނު ވިދާޅުވީ ފާރިސް ހުންނެވީ ބަލައި ނުގަނެވޭ ޤަބޫލު ނުކުރެވޭ އަދި ޤާނޫނާއި ހިލާފު ބަންދެއްގައި ކަމުގައެވެ.Unlawful! Unbelievable! Unacceptable in a civilised society #FreeFarisNow 2/2— Maumoon Abdul Gayoom (@maumoonagayoom) September 5, 2017ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާއި ގުޅިގެން މަޖިލިސް މެމްބަރުންނަށް ރިޝްވަތު ހުށައެޅުއްވި ކަމަށްބުނެ ފާރިސް ހައްޔަރު ކޮށްފައިވަނީ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.
އެމައްސަލާގައި ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލްކޮށް ފާރިސް ބަންދުން ދޫކޮށްލުމުގެ ވަގުތީ އަމުރަށް ހައިކޯޓްގައި ވަނީ އެދިފައެވެ.
އެ އަމުރަށް އެދުނީ ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން ހައްޔަރު ކުރުމުންނާއި ބަންދުގައި ހުންނައިރު އަމަލު ކުރަމުންދާ ގޮތުން ފާރިސްގެ އަސާސީ ހައްގުތަކަށް އުނިކަން އަންނާތީ ކަމަށް ބުނެއެވެ،
ފާރިސް ބަންދުގައި ބަހައްޓާފައިވަނީ "ޖިނާއީ ބޮޑު ކުށަކަށް ކަމަށް ވާތީ" ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވީ ނަމަވެސް މިމައްސަލާގައި ހައްޔަރުކުރި އަހްމަދު ޝާފިއު ދޫކޮށްލަން ހައި ކޯޓުން ކުރި ހުކުމުގައި ރިޝްވަތުގެ ކުށަކީ "ޖިނާއީ ބޮޑު ކުށެއްގެ ތުހްމަތު ނޫން" ކަމަށް ބަޔާންކޮށްގައިވާކަމަށްވެސް ފާރިސްގެ ވަކީލުން ވިދާޅުވެއެވެ.
ހައިކޯޓްގައި އިސްތިއުނާފް ކުރި މައްސަލައިގެ އަޑުއެހުންތައް ނިންމަލިތާ މިއަދަށް 27 ދުވަސް ވީ އިރުވެސް އެ މައްސަލާގައި އަދި ހުކުމެއް ނުކުރެއެވެ. އެމައްސަލާގައި ހުކުމް ކުރުން ފަސްވުމުން ފާރިސްގެ ވަކީލުން ކަންބޮޑުވުން ފާޅުކުރަމުން ގެންދަވާއިރު އަލަށް އަމަލު ކުރަންފެށި ޤާނޫނުލް އުޤޫބަތުގައިވާގޮތުން މައްސަލައެއްގެ އަޑުއެހުންތައް ނިންމާލާތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ