އެންމެ ނުބައި ބަލާއަކީ އެކަމެއްވުމުން ހިނި އަންނަ ކަންތައްތައް: މައުމޫނު

ބަލާތަކުގެ ތެރެއިން އެންމެ ނުބައި ބަލާއަކީ އެކަމެއްވުމުން ހިނި އަންނަ ކަންތައްތައް ކަމުގައި ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު އެހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ބަލާތަކުގެ ތެރެއިން ސޮރީ މިހެން ދަންނަވަން އެކަމަކު އޭގެ މާނަ އެއީ، ބަލާތަކުގެ ތެރެއިން އެންމެ ނުބައި ބަލާއަކީ އެކަމެއްވީމަ ހިނި އަންނަ ކަންތައްތަކޭ" އަރަބި ބަހުގެ ހަރު ބަހެއް ވިދާޅުވެ އޭގެ މާނަ ވިދާޅުވަމުން ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ގޯސް ކަންތައްތަކުގެ ތެރެއިން އެންމެ ގޯސް ކަން ބޮޑު ކަމަކީ އެކަމެއްވީމަ އެކަމާ ހިތާމަ ކުރުމުގެ ބަދަލުގައި "ހިނިފަޅައިގެންދާ" ކަންތައްތައް ކަމަށާއި މިހާރު ދިމާވަމުންދަނީ އެފަދަ ކަންތައްތައް ކަމަށެވެ.
މިސާލު ދަންނަވަމުން ރައީސް މައުމޫނު ވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ހިނގާދިޔަ ކަންތައްތަކަށް އިޝާރާތް ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީޙުގެ މެންބަރުން ކުރެއްވި ކުށަކީ ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުން ކަމަށާއި މީހަކު އެ މީހެއްގެ ގެއަށް ދިއުމުން ކުށަކަށްވަނީ ކިހިނެއްތޯ ރައީސް މައުމޫނު ވަނީ ސުވާލު ކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ތިއްބަވާ މުވައްޒަފުންނަކީ ރައްޔިތުންގެ މަޖިލީހުގެ ހިދުމަތުގައި ތިއްބަވާ މުވައްޒަފުން ކަމަށާއި އެބޭފުޅުންނަށް އިހުތިރާމު ކުރައްވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ އިދާރާގެ މުވައްޒަފަކު ބުނެގެން މަޖިލީހުގެ މެންބަރަކު ވަނުން މަނާ ނުކުރެވޭނެ ކަމަށެވެ.
"ގޭގެ ވެރިމީހާ ގެއަށް ވަންނައިރު ކިހިނެތްތޯ ނޯކިރި މީހާ އޭނާ މަނާކުރާނީ." ރައީސް މައުމޫނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ