މާދަމާ އިރު އޮއްސުމުގެ ކުރިން ލަންދޫ ކަރަންޓުގެ މައްސަލަ ހައްލުވާނެ - ފެނަކަ

މާދަމާ އިރު އޮއްސުމުގެ ކުރިން ނ.ލަންދޫއަށް ދިމާވެފައިވާ ކަރަންޓުގެ މަައްސަލަ ހައްލު ކުރެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
"ފެނަކަ" އިން ނެރުނު ބަޔާނެއްގައި އެ ކުންފުނިން ބުނީ ނ.ލަންދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަކީ އެރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭނުންކުރާ 160 ކިލޯގެ ދެ ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ދިމާވެފައިވާ މައްސަލައެއް ކަމަށެވެ.
އެހެން ނަމަވެސް މިހާރުވެސް 125 ކިލޯގެ ޖެނެރޭޓަރެއް ބޭނުން ކޮށްގެން ރަށުގެ ބައެއް ސަރަހައްދު ތަކަށް ކަރަންޓުގެ ހިދުމަތް ފޯދުކޮށްދެމުންދާ ކަމަށް ފެނަކައިން ބުނެއެވެ. އެހެން ނަމަވެސް އެ ޖަނަރޭޓަރުން މުޅިރަށުގެ ލޯޑު ނުހިފެހެއްޓޭތީ އަދިވެސް އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެމުންދާ ކަމަށް ފެނަކަ އިން ބުންޏެވެ.
މީގެ އިތުރުން ފެނަކައިން ބުނީ މައްސަލަ ދިމާވެފައިވާ ޖެނަރޭޓަރުތަށް މަރާމާތް ކުރުމަށް އިންޖިނިއަރުންގެ ޓީމެއް ދަނީ މެދު ނުކެނޑި މަސައްކަތް ކުރަމުން ކަމަށާއި އިންޖީނު މަރާމާތު ކުރަން ބޭނުންވާ ހުރިހާތަކެއްޗެއް މިހާރު އެރަށަށް ފޯރުކޮށްދެވިފައިވާ ކަމަށެވެ.
އަދި މާދަމާ އިރު އޮއްސުމުގެ ކުރިން ނ.ނިލަންދޫގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދޭނެ ކަމަށް ބުންޏެވެ.
ފެނަކައިގެ ބަޔާނުގައި ވަނީ ކަރަންޓުގެ ހިދުމަތް އާންމު ހާލަތަށް ގެނެވެންދެން ލޯޑު ބޮޑު އިލެކްޓްރޯނިކް އާލާތްތަށް ވީހާވެސް މަދުން ބޭނުން ކުރުމަަށް ނިލަންދޫގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ