ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މީޑިއާ ކޯޑިނޭޓަރުގެ މަގާމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދޮށީ ދަރިކަލުން އަދި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާރިޝް މައުމޫން ހަމަޖައްސައިފި އެވެ.
އެ މަގާމަށް ފާރިޝް ހަމަޖައްސާފައިވަނީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސލްގެ ޖަލްސާއެއްގަ އެވެ.
ވީނިއުސްއާ ވާހަކަ ދައްކަމުން ޕީޕީއެމްގެ ކައުންސިލްގައި ހިމެނި ވަޑައިގަންނަވާ މެންބަރަކު ވިދާޅުވީ ފާރިޝް އެ މަގާމަށް ހަމަޖެއްސެވި ނަމަވެސް ޕާޓީގެ އުސޫލުތައް އޮންނަ ގޮތުން މީޑިއާ ކޯޑިނޭޓަރަކީ ނޫސްވެރިންނަށް މައުލޫމާތު ދެއްވުމުގެ ބަދަލުގައި ޕާޓީގެ މީޑީއާގުޅޭ ކަންކަމުގެ ޕޮލިސީ ކަނޑައަޅައި އެކަންކަން ވިލަރެސް ކުރުމުގެ އެންމެ އިސްވެރިޔާ ކަމަށެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން އެޕާޓީގެ މީޑިއާ ސިޔާސަތު ކަނޑައަޅާ ކޮމިޓީ އެއް އޮންނަން ޖެހެއެވެ. އަދި އެކޮމިޓީގައި މީޑިއާ ކޯޑިނޭޓަރެއް ހުންނަން ޖެހޭ ކަމަށް އަސާސީ ގަވާއިދުގައި ބުނެފައިވެއެވެ.
ރޭ އޮތް ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި އެޕާޓީގެ ގައުމީ ޖަލްސާ ބާއްވާނެ ދުވަހަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. އެހެން ނަމަވެސް ގައުމީ ޖަލްސާ ބާއްވާނެ ވަކިތާރީއެއް އަދި މުޅިން ފައިނަލް ވެފައި ނުވާކަމަށް މެންބަރު ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމްގެ މީޑިއާ ކޯޑިނޭޓަރަކަށް ފާރިޝް މައުމޫން ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ