މޮރިޝަސް އިން ދިވެހި ސަރުކާރާ ވާހަކަ ދައްކަން ތައްޔާރު: ނަޝީދު

ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލާފައި އޮތް މޮރިޝަސްއިން އޮތީ ސުލުހަވެރި ހައްލެއް ހޯދަން ރާއްޖެއާ މަޝްވަރާކުރަން ތައްޔާރަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.ނަޝީދު މިހެން ވިދާޅުވީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އޮތް،  10 ވަނަ އިންޑިއަން އޯޝަން ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެން މީޑިއާތަކަށް ދެއްވި އިންޓަވިއުގަ އެވެ.އެ ބައްދަލުުމުގައި އިންޑިއާގެ ކަނޑުގެ އެކި ގައުމުތަކުން މަންދޫބުން ބައިވެރިވެވަޑައިގެންނެވިއިރު އޭގެ ތެރޭގައި މޮރިޝަސްގެ ފޮރިން މިނިސްޓަރު ރިޓިޝް ރާމްފުލް ވެސް ހިމެނިވަޑައިގަންނަވަ އެވެ. ނަޝީދު ވިދާޅުވީ، އެ ދަތުރުފުޅުގައި މޮރިޝަސްގެ ފޮރިން މިނިސްޓަރާއި ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ."އެއްވެސް ހާލެއްގައި އަވަށްޓެރި ގައުމުތަކާއި ޑިޕްލޮމެޓިކް ގުޅުން ނެތުމަކީ ރަނގަޅު ކަމެއް ނޫން. އެބޭފުޅުން ތިއްބެވީ ތައްޔާރަށް. އަޅުގަނޑު އުންމީދުކުރަން ރާއްޖޭގެ ފޮރިން އެފެއާޒުން ވެސް މޮރިޝަސް ސަރުކާރާ އެކު މި ފުރުސަތުގެ ބޭނުންކޮށްގެން ކުރިއަށްދާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.މި ދަތުރުފުޅުގައި، ރާއްޖެ އަށް ކުރިމަތިވެފައިވާ ބޭރު ފަައިސާގެ ދަތިކަމާގުޅޭ ގޮތުން އިންޑިއާ ސަރުކާރުގެ ބޭފުޅުންނާއި ވެސް މަޝްވަރާތަކެއް ކުރައްވާފައިވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމަކު، އެކުވެރި ދައުލަތްތަކުން ދޭ ފައިސާ އިސްރާފުކުރަމުންދާ ނަމަ، އެ ގައުމުތަކުގެ އިސް ފަރާތްތަކުން ވެސް އެއްޗެހި ހިތަށް އަރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑު އުންމީދުކުރަން އިންޑިއާ ސަރުކާރަށް ޕްރޮގްރާމެއް ހުށަހަޅައިގެން ވަކި ޕްރޮގްރާމެއްގެ ދަށުން މިކަންކަން ކުރިއަށް ގެންދެވޭނެގޮތަކަށް އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއްގެ ގޮތުގައި ބަލައިނުގަތުމަށް ނިންމައި އެ ތަން ހައްގުވަނީ ރާއްޖެއަށް ކަމަށް ދިވެހި ސަރުކާރުން ވަކާލާތު ކުރަމުން ދަނިކޮށް މޮރިޝަސް އިން ރާއްޖެއާއެކު އޮތް ހުރިހާ ޚާރިޖީ ގުޅުންތައް ކަނޑާލިީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ