ދީބާޖާއަށް ބަދަލު ދިނުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން މާދަމާ ހުކުމް އިއްވަނީ

ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައުލަތުން ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ޖެހުނު މައްސަލަ އަލުން ރިވިއުކުރުމަށްފަހު މާދަމާ ސުޕްރީމް ކޯޓުން ހުކުމް އިއްވަން ތާވަލްކޮޮށްފިއެވެ. އެ މައްސަލައިގެ ހުކުމް އިއްވުން ތާވަލްކޮށްފައި ވަނީ މާދަމާ ހެނދުނު 11:00 އަށެވެ. އެމްޑީޕީގެ ވެެރިިކަމުގަައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލް ކުރި މައްސަލާގައި އެ ކުންފުނިން ދައުވާ ކުރުމުން 2016 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކުރީ ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދެއްކުމަށެވެ. ހައި ކޯޓުން 2018 ވަނަ އަހަރު އެ ހުކުމް ބާތިލްކޮށްފައި ވަނިކޮށް 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމީ ހައި ކޯޓުގެ ނިންމުން ގޯސް ކަމަށެވެ. އެ ނިންމުން ރިވިއުކުރަން ދައުލަތުން ހުށަހެޅުމުން ސުޕްރީމް ކޯޓުން މިދިިޔަ އަހަރުގެ އޭޕްރީލް މަހު ނިންމާފައިވަނީ އެ ކޯޓުގެ ކުރީގެ ނިންމުން ގޯސް ކަމަށެވެ. އަދި ހައި ކޯޓުގެ ހުކުމް ދެމި އެބައޮތް ކަމަށާއި ނަމަވެސް ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމުގެ ފުރުސަތު ދީިބާޖާއަށް ލިބިގެންވާ ކަމަށް އެ ހުކުމުގައި ކަނޑައެޅިއެވެ. ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ދީބާޖާގެ ފަރާތުން ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުންތަކުގައި ދެ ފަރާތުން ވާހަކަ ދައްކައި ނިމުމުން ފަނޑިޔާރުންގެ ބެންޗުން މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށް އިއުލާން ކުރެއްވިއެވެ. އެއީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ސަރުކާރުން ވަނީ 2019 ވަނަ އަހަރު ދީބާޖާއަށް ބަދަލު ދިނުމުގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށް، 174 މިލިއަން ރުފިޔާގެ ބަދަލެއް ދޭން އެއްބަސްވެފައެވެ. ނަމަވެސް ފާޑުކިޔުންތަކުގެ ސަބަބުން ސަރުކާރުން ފަހުން ނިންމީ އަނެއްކާވެސް ސުޕްރީމް ކޯޓަށް ދިއުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ