ސަންޓޯސް (ޖެނުއަރީ 22) - ޕީއެސްޖީގައި ލިއޮނަލް މެސީއާ ނޭމާގެ ގުޅުން ރަނގަޅުވުމުން، ކީލިއަން އެމްބާޕޭ އެކަމާ ހަސަދަވެރިވި ކަމަށް ދޭހަވާގޮތަށް، ނޭމާ ދެއްކި ވާހަކަ އަށް ރައްދެއް ދޭން އެމްބާޕޭ ދެކޮޅު ހަދައިފި އެވެ.
ނޭމާ، މެސީ އަދި އެމްބާޕޭ އަކީ ޕީއެސްޖީން ޔޫރަޕްގެ ރަސްކަން ކުރުމަށްޓަކައި، އެކުގައި ފެށި ޕްރޮޖެކްޓެއްގައި ހިމެނުނު މައި ތިން ކުޅުންތެރިންނެވެ. މި ވަގުތު މީގެއިން އެއްވެސް ކުޅުންތެރިއަކު ޕީއެސްޖީގައި ނެތެވެ.
ދާދި ފަހުން، ދިން އިންޓަވިއުއެއްގައި ނޭމާ ވަނީ ޕީއެސްޖީގައި ކަންކަން ދިޔަ ގޮތަށް އިޝާރާތްކޮށް ދެއްކި ވާހަކައިގައި އެމްބާޕޭ އަށް ފާޑުކިޔާ މޭރުމަކުން ވާހަކަ ދައްކައިފަ އެވެ. ނޭމާ ބުނީ އޭނާ އާއި މެސީއާ ދެމެދު މާ ބަދަހި ގުޅުމެއް އޮތުން އެމްބާޕޭ އަށް ކަމަކުނުދިޔަ ކަމަށެވެ.
މީގެ އިތުރުން ވެސް ނޭމާ ވަނީ އެމްބާޕޭ އާއި ރެއާލްގައި މި ވަގުތު ތިބި ބްރެޒިލްގެ ދެ ކުޅުންތެރިން ކަމަށްވާ ވިނީޝިއުސް ޖޫނިއާ އާއި ރޮޑްރީގޯގެ ގުޅުމާ ބެހޭ ވާހަކަ ދައްކައިފަ އެވެ.
ނޭމާގެ މި އިންޓަވިއުއާ ގުޅޭގޮތުން އެމްބާޕޭއާ ސުވާލުކުރުމުން އޭނާ ބުނީ، ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.
"ނޭމާގެ އެ ވާހަަކަތަކަށް އަހަރެން ބުނާނެ އެއްޗެއް ނެތް. އަހަރެން ފޯކަސް މި ކުރަނީ މެޑްރިޑްގައި އަހަރެން ކުރަން ހުރި ކަންކަމަށް. އަހަރެން ވަރަށް އިހުތިރާމް ކުރަން ނޭމާ އަށް،" އެމްބާޕޭ ބުންޏެވެ. "އަހަރެން ބޭނުންވަނީ ނޭމާގެ ވާހަކަ ދައްކާއިރު، ދުނިޔޭގެ ފުޓްބޯޅަ އަށް އޭނާ ކޮށްދިން ރަނގަޅު ކަންތައްތަކުގެ ވާހަކަ ދައްކަން، އޭނާގެ އާއި އާއިލާ އަށް ކާމިޔާބު މުސްތަގުބަލަކަށް އަބަދުވެސް އެދެން،"
އެމްބާޕޭ ބުނީ، ރޮޑްރީގޯ އާއި ވިނީޝިއުސް އަކީ ރެއާލްގެ މުހިންމު ކުޅުންތެރިން ކަމަށެވެ. އަދި އޭނާ އައުމުގެ ކުރިން ވެސް ރޮޑްރީގޯ އާއި ވިނީޝިއުސް ރެއާލްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށާއި ދެން ބޭނުންވަނީ، ތިން ކުޅުންތެރިންނާއި މުޅި ޓީމުގެ ހިއްސާއާ އެކު، އިތުރު ކާމިޔާބީތައް ހޯދުމަށް ކަމަށް އެމްބާޕޭ ވަނީ ބުނެފަ އެެވެ.
ނޭމާގެ ފާޑުކިޔުމަށް އެމްބާޕޭ ރައްދެއް ދޭން ބޭނުމެއް ނުވި ނޭމާގެ ފާޑުކިޔުމަށް އެމްބާޕޭ ރައްދެއް ދޭން ބޭނުމެއް ނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ