ފިލިޕީންސްގެ މަގުބޫލު ކޭކެއް ކަމަށްވާ 'އުބޭ'އިން ހިޔާލު ހޯދައިގެން ހުދާ ބިއުޓީގެ އާ މޭކަޕް ކަލެކްޝަނެއް ނެރެފި އެވެ. މި ލިމިޓެޑް އެޑިޝަންގައި ބޭނުންކޮށްފައިވަނީ ހިތްގައިމު ދަނބު ކުލައެކެވެ.
ހުދާ ބިއުޓީގެ އުބޭ ކަލެކްޝަންގައި ހިމެނެނީ 'އީޒީ ބޭކް ލޫޒް ބޭކިން އެންޑް ސެޓިން ޕައުޑާ އިން އުބޭ ބާތުޑޭ ކޭކް'، 'ބްލަޝް ފިލްޓާ އިން އުބޭ ކްރީމް' އަދި 'ފޯ ފިލާ ލިޕް ގްލޮސް އިން އޫ-ބޭބީ' އެވެ.
'އީޒީ ބޭކް ލޫޒް ބޭކިން އެންޑް ސެޓިން ޕައުޑާ އިން އުބޭ ބާތުޑޭ ކޭކް'
މި ކަލެކްޝަންގައި ބޭނުންކޮށްފައިވާ ލައިލެކް ކުލަ އާއި ނަން އެ ބްރޭންޑުގެ ފައުންޑަރު ހުދާ ކައްޓާންއަށް ވަރަށް ހާއްސަ އެވެ. އެއީ އޭނާގެ އުފަންދުވަސް އާއްމުކޮށް ފާހަގަ ކުރަނީ ދަނބު ކުލައިގައި ހުންނަ 'އުބޭ' ކޭކަކުން ކަމަށްވާތީ އެވެ.
މި ކަލެކްޝަންގެ ކުލައިގެ ސަބަބުން މޭކަޕް 'ސެޓް' ކުރަން ފަސޭހަ ވެ އެވެ. މީގެއިތުރުން ލޮލުގެ 'އަންޑާއައި ސާކަލް'ތައް އުޖާލާވެ ހިތްގައިމު މަޑު ފިޔާތޮށި ކުލައެއް ނެރެދީ، މޫނުމަތީގައި ކޮށްފައިވާ މޭކަޕް އޮމާން ކޮށްދެ އެވެ.
'ބްލަޝް ފިލްޓަ އިން އުބޭ ކްރީމް'
ހުދާ ބިއުޓީގެ 'ބްލަޝް ފިލްޓާ' އަކީ އޭގެ ގަދަ ކުލަ އާއި މަޑު 'ޓެކްސްޗާ'އަށްޓަކައި ފާހަގަކުރެވޭ އުފެއްދުމެކެވެ. 'އުބޭ' ކަލެކްޝަންގައި މި އުފެއްދުން ފެންނާނީ ލައިލެކް ކުލައިންނެވެ. ފަސޭހައިން އުނގުޅާލެވޭ މި ފޯމިއުލާ ކޮލުގައި ހާކާލަން ވަރަށް ހިތްގައިމު ވާނެ އެވެ.
'އުބޭ' ކަލެކްޝަންގެ މަޑު ދަނބު ކުލަ ދިވެހިންގެ ހަމުގެ ކުލައާ ވަރަށް ގުޅެ އެވެ. ދަނބަކީ މޫނުގައި ހާކަން އާދަޔާހިލާފު ކުލައެއްހެން ހީވުން އެކަށީގެންވެ އެވެ. އެކަމަކު މިއީ ދިވެހިންގެ ހަމުގެ ކުލައާ އެއްގޮތް ކުލަތަކާ ވަރަށް ބޮޑަށް ގުޅުވާލައިގެން ބޭނުންކޮށްލެވޭނެ 'ބްލަޝް' އެކެވެ.
'ފޯ ފިލާ ލިޕް ގްލޮސް އިން އޫ-ބޭބީ'
'އުބޭ' ކަލެކްޝަންގައި ހިމެނޭ ތިންވަނަ އުފެއްދުމަކީ ހުދާ ބިއުޓީގެ 'ފޯ ފިލާ' ލިޕްގްލޮސްގެ ވައްތަރެކެވެ. ލައިލެކް ކުލައިގެ މި ލިޕްގްލޮސްއިން 'ހައި-ޝައިން'އެއް ގެނެސްދީ، ތުންފަތް ބޮޑުކަމަށް ދައްކައިދެ އެވެ. މީގެ އިތުރުން މި ގްލޮސް ފޯމިއުލާގައި އެކުލެވޭ 'ވީގަން ކޮލާޖެން' އާއި ވިޓަމިން އީގެ ސަބަބުން ތުންފަތް މަޑުކޮށް އޮމާންކޮށް ބަހައްޓައިދޭން އެހީވެ އެވެ.
ހުދާ ބިއުޓީގެ މި ތަފާތު ކަލެކްޝަން މި މަހު ކުރީކޮޅު ނެރުނު ފަހުން މިހާތަނަށް ލިބެމުން އަންނަނީ ތައުރީފުގެ ބަސްތަކެވެ. އެއީ ދަނބު ކުލައަށް ހާއްސަ މޭކަޕް ކަލެކްޝަންއެއް އަދި މިހާތަނަކަށް ނެރެފެއެއް ނެތެވެ. އަދި މިއީ ހަމުގެ ގިނަ ކުލަތަކާ ގުޅޭ ކުލައަކަށް ވެފައި ކަލެކްޝަންގައި ހިމެނޭ ތިން އުފެއްދުން ވެސް އެކުއެކީގައި މޫނުގައި ހާކާލެވެ އެވެ.
ލައިލެކް ކުލައިން ތައްޔާރު ކޮށްފައިވާ ހާއްސަ މޭކަޕް ކަލެކްޝަނެއް ހުދާ ބިއުޓީއިން ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ