ރާއްޖެއިން ފަލަސްތީނަށް އެހީގެ ގޮތުގައި 50,000 ޑޮލަރު ދެނީ

ފަލަސްތީނަށް އެހީވުމުގެ ގޮތުން އެ ގައުމަށް 50،000 އެމެރިކާ ޑޮލަރު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފި އެވެ. 
އެ ނިންމުން ރާއްޖޭން ހާމަކުރީ އދ.ގެ މައި މަރުކަޒުގައިކުރިއަށްދިޔަ 'އަންރުވާ ޕްލެޖިންގް ކޮންފަރަންސް' ގަ އެވެ. މި އެހީ އެ ގައުމަށް ފޮނުވާނީ އދ. ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ (އަންރުވާ) މެދުވެރިކޮށެވެ. 
ފަލަސްތީނަށް 50،000 ޑޮލަރު ހަދިޔާކުރަން ހަމަޖެހިފައިވާކަން އިއުލާންކުރެއްވީ އދ.އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު އެވެ. 
އަންރުވާއަށް އެހީ ފޯރުކޮށްދިނުމަކީ ހަމައެކަނި މަލީ ނިންމުމެއް ނޫންކަމަށާއި، އެއީ އިންސާނީ ކަރާމާތާއި، ބައިނަލްއަގުވާމީ ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ހިމާޔަތްކުރުމާ ގުޅުންހުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 
އޭގެ އިތުރުން، އަންރުވާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އަންރުވާ އާ ދެކޮޅަށް ކުރަމުންދާ ދޮގު ތުހުމަތުތައް ފާހަގަކޮށް، އަންރުވާގެ މުހިންމު މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައައަށް ރާއްޖޭއިން ވަނީ ގޮވާލާފަ އެވެ. 
2024 ވަނަ އަހަރުވެސް ރާއްޖެއިން ވަނީ އަންރުވާއަށް ފަލަސްތީނަށް ދޭ އެހީ ގެ ގޮތުގައި 50,000 އެމެރިކާ ޑޮލަރު ހަމަޖެއްސި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ