އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ ގައިދީއަކު ފިލައިފި
އަވަސް ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ގައިދީއަކު، މިއަދު ފިލައިފިއެވެ. ފިލާފައި ވަނީ، ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ، ލ. މާބައިދޫ، ސަބުނަމްހައުސް، އުމުރުން 29 އަހަރުގެ ހުސައިން ޝަހްބާންއެވެ. ކަރެކްޝަންސް އިން ބުނީ، އޭނާ ފިލާފައި ވަނީ އަވަސް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށެވެ. އެހެންވެ، އޭނާ ހޯދުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ. އޭނާ އެންމެ ފަހުން ހައްޔަރު ކޮށްފައިވަނީ, ފަަޅަށް އޮންނަ ގ. ހިޔާރޯދިގޭގައި މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައެވެ. އެ މައްސަލާގައި ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފައެވެ. އޭގެއިތުރަށް، މި މައްސަލައާ ގުޅޭ މައުލޫމާތެއް ލިބިއްޖެނަމަ، ވީ އެންމެ އަވަހަކަށް 3322111އަށް ގުޅައިގެން އެ ކަމެއް އެންގުމަށް އެ އިދާރާއިން އެދެއެވެ. https://sun.mv/222173 މި ފަދަ މައްސަލައެއް މިދިޔަ ހަފުތާގައި ވެސް ފެންމަތިވިއެވެ. މިގޮތުން، މާލެ ކަސްޓޯޑިއަލްގައި ހުރި މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެނިކޮށް މި މަހުގެ 13ގައި ފިލިއެވެ. އޭނާ ހޯދުނީ، އޭގެ ފަސް ދުވަސް މިދިޔަ ހޯމަ ދުވަހެވެ. އޭގެކުރިން މި މަހުގެ ކުރީކޮޅު ވެސް ގއ. ވިލިނގިލީގައި ފުލުހުންގެ ބަންދުގައި ހުއްޓައި، ފިލި މީހަކު ފުލުހުން ވަނީ އަލުން ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ