މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، ދިވެހި ޙައްޖުވެރިން މިނާގައި ތިބުމަށް ހަމަޖެހިފައިވާ ފޭލިގެތަކުގެ ތައްޔާރީތައް އޭނާ މިއަދު ބައްލަވާލައްވާފައިވާ ކަމަށެވެ.
ޝަކީލް ފާހަގަކުރެއްވި ގޮތުގައި، މިނާގެ ޓެންޓުތަކުގައި ޙައްޖުވެރިންނަށް ބޭނުންވާ ސޯފާ ބެޑްތައް އަތުރާ، އިންތިޒާމްތައް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނީ، ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި ޙައްޖުވެރިން މައްކާއިން މިނާއަށް ދަތުރުކުރަން ފަށާނެ ކަމަށެވެ. ޙައްޖުވެރިން މިނާއަށް ދިއުމުގެ ކުރިން ހުރިހާ ތައްޔާރީތަކެއް ނިންމުމަށް އެ ކޯޕަރޭޝަނުގެ ޓީމުން މިހާރުވެސް މިނާގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ޙައްޖުވެރިންނަށް ވީހާވެސް ލުއި ފަސޭހަވާނެގޮތަށް އިންތިޒާމްތައް ހަމަޖައްސާނަން: ޝަކީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ