ޙައްޖަށް ގޮސް ތިބި މީހުންނަށް ގުޅަން އުރީދޫން ޚާއްސަ ރޭޓްތަކެއް

ޙައްޖު މޫސުމުގައި ސައުދީ އަރަބިއްޔާއަށް ގުޅާ ކަސްޓަމަރުންނަށް ޚާއްސަ އައިޑީޑީ ރޭޓުތަކެއް އުރީދޫ މޯލްޑިވްސްއިން އިއުލާނުކޮށްފިއެވެ. މި ޚިދުމަތުގެ ސަބަބުން މި މާތް އަޅުކަމުގައި އުޅޭ ފަރާތްތަކާއި އާއިލާތަކަށް ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެއެވެ. މި އާ ޕެކޭޖުތަކާ އެކު، ސައުދީ އަރަބިއްޔާއަށް ގުޅުމަށް ހަތަރު ހަފުތާގެ މުއްދަތަށް 150 މިނެޓާ ހަމައަށް ވާހަކަދެއްކޭނެ ޕެކޭޖުތައް ކަސްޓަމަރުންނަށް ޚިޔާރުކުރެވޭނެއެވެ. މި ޕެކޭޖުތައް ފަރުމާކޮށްފައިވަނީ ޙައްޖުގެ އަޅުކަމުގައި އުޅޭ އާއިލާތަކާއި ރައްޓެހިންނާ ގުޅުން ބަދަހިކޮށް، އަގުހެޔޮކޮށް ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށެވެ. ލިބެން ހުރި ޕެކޭޖުތަކާއި އަގުތައް:އުރީދޫއިން ތައާރަފުކުރި މި ޚާއްސަ ޕެކޭޖުތަކުގެ ތެރޭގައި ހިމެނެނީ: 100 ރުފިޔާއަށް 30 މިނެޓު250 ރުފިޔާއަށް 75 މިނެޓު500 ރުފިޔާއަށް 150 މިނެޓު މި ހުރިހާ ޕެކޭޖެއްގެ މުއްދަތަކީ ހަތަރު ހަފުތާއެވެ. އަދި، އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާ އެކު މި ޕެކޭޖުތައް އެކްޓިވޭޓު ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މި ޚިދުމަތް ތައާރަފުކުރުމާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ، ޙައްޖުގެ މަތިވެރި އަޅުކަމުގައި ކޮންމެ އަހަރަކު ވެސް ރާއްޖޭން ގިނަ ބަޔަކު ބައިވެރިވާ ކަމަށެވެ. މި ދަތުރުގައި އާއިލާތަކާ ގުޅިފައި ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. "އުރީދޫން ތައާރަފުކުރި ޚާއްސަ އައިޑީޑީ އޮފާތަކުގެ ޒަރީއާއިން، އަޅުގަނޑުމެންގެ އަމާޒަކީ މުއާސަލާތީ ޚިދުމަތްތައް ފަސޭހަކަމާ އެކު އަގުހެޔޮކޮށް ފޯރުކޮށްދީ، އެންމެ މުހިންމު ދަތުރުގައި ވެސް ކަސްޓަމަރުންނަށް އެ ބޭފުޅުންގެ އާއިލާއާއި ރައްޓެހިންނާ، ރައްކާތެރިކަމާ އެކު ގުޅުމަށް އެހީތެރިވެދިނުން،" އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވިއެވެ. ރާއްޖޭގެ މުޖުތަމައުތަކުގެ ޑިޖިޓަލް ޕާޓްނަރުގެ ހައިސިއްޔަތުން އުރީދޫން އަންނަނީ ކަސްޓަމަރުންގެ ދިރިއުޅުން މުއްސަނދިކޮށްދޭ އަދި ފަސޭހަކަމާ އެކު ގުޅުން ބަދަހިކޮށްދޭ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންނެވެ. ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ސީދާ މި ޕެކޭޖުތައް އެކްޓިވޭޓުކޮށް، ޙައްޖު މޫސުމުގެ ދުވަސްތަކުގައި ސައުދީ އަރަބިއްޔާގައި ތިބި އާއިލާތަކާއި ރައްޓެހިންނަށް މެދުކެނޑުމެއްނެތި ގުޅޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ