ހިޔާރޯދިގޭގައި ރޯކޮށްލި ކަމަށް ބުނާ ގައިދީއެއް ފިލައިގެން ހޯދަނީ

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުއްޓާ ފަރުވާއަށް ގެންދިޔަ ގައިދީއަކު، ހުޅުމާލޭ ހޮސްޕިޓަލުން ފިލައިގެން އޭނާގެ ވަނަވަރު މިއަދު އާންމުކޮށްފި އެވެ.
ވީ ކިހިނެއް؟ - ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދަނިކޮށް ފިލާފައި ވަނީ، ހުސައިން ޝަހްބާން، ލ. މައިބައިދޫ/ ޝަބްނަމް ހައުސް އެވެ.
ޝަހްބާން އެންމެ ފަހުން ހައްޔަރުކޮށްފައި ވަނީ، މިދިޔަ މާޗް މަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ގ. ހިޔާރޯދި ގޭގައި ރޯކޮށްލި ތުހުމަތުގަ އެވެ. އެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ އޭނާގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.
ތަފްސީލު - ކަރެކްޝަންސްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ:
އޭނާ ފިލާފައިވަނީ، އަވަސް ފަރުވާްއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައި ހުއްޓާ ކަމަށް
ފުލުހުންނާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން
މިކަމާ ގުޅޭ އެއްވެސް މައުލޫމާޓެއް ލިބިފައިވާ ނަމަ، ލަސްނުކޮށް އެކަން ޕުލުހުންގެ ނަންބަރު 3322111އަށް ގުޅުމަށް އެދޭ ކަމަށް
އޭނާ ފިލީ ކޮން އިރަކު ކަމެއް އަދި ތަންފީޒު ކުރަމުންދަނީ ކޮން ހުކުމެއްކަމެއް ކަރެކްޝަންސްގެ ބަޔާނަކުން ނޭނގެ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ތަންފީޒު ކުރަމުންދިޔަ ހުކުމަކީ، އެނގިހުރެ ހުއްދަ ނޫންތަނަކަށް ވަން ކަމުގެ ދައުވާ ސާބިތުވެ، އިއްވާފައިވާ ހުކުމެކެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ، އިއްޔެގެ ވަގުތެއްގައި އެ މައްސަލަ އެ މުއައްސަސާއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ