ދިރާގު އެލީޓް ކްލަބްގެ މެންބަރުންނަށް ރާއްޖޭގެ ފުރަތަމަ ޒިޕްލައިން ހިމެނޭ ވަށްމާފުށިން ޑިސްކައުންޓް

ދިރާގު އެލީޓް ކްލަބުގެ މެންބަރަކަށްވެ، އާންމުންގެ ތެރޭގައި މަގުބޫލުކަން ހޯދަމުން އަންނަ ރާއްޖޭގެ ފުރުތަމަ ޒިޕްލައިން އެޑްވެންޗާއިން ޑިސްކައުންޓް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ދިރާގުން ވަނީ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި ވަށްމާފުށި ރަސްމީކޮށް ހަމަޖައްސައި، އެ ކްލަބުގެ މެންބަރުންނަށް ހިތްގައިމު އައު ތަޖުރިބާތަކާއި ޚާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ މަގު ފަހިކޮށްދީފައެވެ. ދިރާގުން ބުނީ، މި ޕާޓްނަޝިޕްގެ ދަށުން ވަށްމާފުށީގެ ތަފާތު ޚިދުމަތްތަކުން ދިރާގު އެލީޓް ކްލަބުގެ މެންބަރުންނަށް ޚާއްސަ ޑިސްކައުންޓްތައް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި އާންމުންގެ ތެރޭގައި މަގުބޫލުކަން ހޯދަމުން އަންނަ ރާއްޖޭގެ ފުރުތަމަ ޒިޕްލައިން އެޑްވެންޗާ ހިމެނޭނެއެވެ. އަދި، މީގެ އިތުރުން ވެސް ބީޗް ޑިނާ، ބީޗް ޕިކްނިކް، ފުލް މޫން ޑިނާ، ބޮންފަޔާ، ގްރިލް ހަޓްގެ އިތުރުން 'އެކްސްޕްލޯ ވަށްމާފުށި' ހަރަކާތްތައް ވެސް ހިމެނޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. މި ޕާޓްނާޝިޕްގެ ދަށުން ދިރާގުގެ އެލީޓް މެންބަރުންނަށް މި ހުރިހާ ޚިދުމަތްތަކުން ފަސް ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށާއި އެލީޓް ޕްލެޓިނަމް މެންބަރުންނަށް ޒިޕްލައިން އެޑްވެންޗާއިން 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. https://sun.mv/221586 ދިރާގުން ވަނީ ކަސްޓަމަރުން ބުކިން ހަދާއިރު ޑިސްކައުންޓްތައް ބޭނުންކުރުމަށް ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑު ދައްކާލުމުން މި ޑިސްކައުންޓްތައް ފަސޭހަކަމާ އެކު ބޭނުންކުރެވޭނެ ކަމަށް ބުނެފައެވެ. ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައެވެ. އަދި، ދިރާގުން ދަނީ ދިރާގުގެ އެލީޓް ޕާޓްނަރުންނާ ގުޅިގެން މި ފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ