ފައިނޭންޝަލް އެކްސްޕޯގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭއްވުމަށް ހަމަޖެިހފައިވާ މޯލްޑިވްސް ފައިނޭންޝިއަލް އެކްސްޕޯގައި ބައިވެރިވުމަށް ހުޅުވާލައިފައިވާ މުއްދަތު އިތުރުކޮށްފިއެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި، މި އެކްސްޕޯގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 6 ވާ ހޮނިހިރުދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ. މިއީ އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ މުވައްސަސާތަކާއި އިދާރާތަކަށް ރަޖިސްޓްރީވުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށް އެމްއެމްއޭއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ