އެޕަލް ވޮޗްގައި ގޫގުލް ކަލަންޑަރު ހިމަނައިފި

އެޕަލް ވޮޗްއިން ގޫގުލް ކަލަންޑަރު އެޕްލިކޭޝަން ބޭނުންކުރެވޭ ގޮތް ހަދައިފިއެވެ. މީގެ ކުރިން ގޫގުލްގެ މަދު އެޕްލިކޭޝަންތަކެއް އެޕަލް ވޮޗްގައި ބޭނުންކުރެވޭއިރު، މިހާރު ގޫގުލް ކަލަންޑަރު ވެސް އެޕަލް ވޮޗްގައި ބޭނުންކުރެވޭނެއެވެ. އެޕަލްގެ ޚަބަރުތައް ގެނެސްދޭ "9ޓު5ގޫގުލް" ބުނެފައިވާ ގޮތުގައި މި އެޕްލިކޭޝަން އިތުރުކޮށްފައިވަނީ އައިފޯންގެ އެންމެ ފަހުގެ ވާޝަންއާ އެކުގައެވެ. އެޕަލް ވޮޗްގެ އަމިއްލަ ކަލަންޑަރު އެޕްލިކޭޝަންގައި ހަފުތާގެ ޚުލާސާއާއި މުޅި މަހުގެ ތަފްސީލު ބެލޭނެ ގޮތްތައް ހިމެނޭއިރު، ގޫގުލް ކަލަންޑަރު އެޕްލިކޭޝަންގައި އެޕަލް ވޮޗްގައި ހަފުތާއެއްގެ ހަރަކާތްތަކާއި އެކަންކަން ހިނގާނެ ވަގުތާއި ތަން ވެސް ފެންނާނެއެވެ. މީގެ އިތުރުން ގޫގުލް ޓާސްކްސްގެ ލިސްޓެއް ވެސް ފެންނާނެއެވެ. "9ޓު5ގޫގުލް" އިން ބުނާ ގޮތުގައި، މި އެޕްލިކޭޝަން މަސައްކަތްކުރާ ގޮތް ވީއާރް އޯއެސް ޑިވައިސްތަކަށް ލިބޭ އެޕްލިކޭޝަންތަކާ ވަރަށް އެއްގޮތެވެ. ގޫގުލް ކަލަންޑަރު އެޕްލިކޭޝަންގެ ދެ ހޯމް ސްކްރީން ކޮމްޕްލިކޭޝަންވެސް ލިބެން ހުރެއެވެ. އެގޮތުން 'ޓުޑޭސް ޑޭޓް' ކޮމްޕްލިކޭޝަންއިން ދުވަހާއި ތާރީޚު ދައްކައިދޭއިރު، 'ވަޓްސް ނެކްސްޓް' ކޮމްޕްލިކޭޝަންއިން ކުރިއަށް އޮތް އެޕޮއިންޓްމަންޓް ދައްކައިދެއެވެ. މި ދެ ކޮމްޕްލިކޭޝަންއަށް ކްލިކްކޮށްލުމުން ގޫގުލް ކަލަންޑަރު އެޕްލިކޭޝަން ހުޅުވޭނެއެވެ. ގޫގުލް ކީޕް، މެޕްސް، އަދި ޔޫޓިއުބް މިއުޒިކް ފަދަ އެޕްލިކޭޝަންތަކަށްފަހު ގޫގުލް ކަލަންޑަރުވެސް އެޕަލް ވޮޗަށް އައުމަކީ ގޫގުލްގެ ޚިދުމަތްތައް އެޕަލް ވޮޗްގައި ބޭނުންކުރަން ބޭނުންވާ ފަރާތްތަކަށް ލިބުނު ހިތްހަމަޖެހުމެކެވެ. އެޕަލް ވޮޗްގެ ސްޓެންޑާޑް ކަލަންޑަރު އެޕްލިކޭޝަންއިންވެސް ގޫގުލް ކަލަންޑަރު ސިންކްކޮށް، އިތުރު ތަފުސީލުތައް ބެލޭނެއެވެ. ގޫގުލް ކަލަންޑަރަކީ ގޫގުލްއިން ތަރައްގީކޮށްފައިވާ، ވަގުތު މެނޭޖްކުރުމާއި ޝެޑިއުލްކުރުމުގެ ޚިދުމަތްދޭ ކަލަންޑަރު ޚިދުމަތެވެ. މިއީ ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރާ ކަލަންޑަރު އެޕްލިކޭޝަންތަކުގެ ތެރޭގައި ހިމެނޭ އެޕެކެވެ. އެޕަލް ވޮޗްގައި ހެލްތު މޮނިޓަރިން، ފިޓްނަސް ޓްރެކިން، އަދި އިތުރު އެޕްލިކޭޝަންތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ