މީޑިއާ ކޮންޓްރޯލު ކުރާ ބިލު އަނބުރާ ގެންދަން ޖެހޭ ކަމަށް ގަބޫލު ނުކުރަން: އޭޖީ

މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލު ކުރާ ބިލު ނަގަން ޖެހޭނެ ކަމަށް ސަރުކާރުން ގަބޫލު ނުކުރައްވާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ބިލާ މެދު ނޫސްވެރިންގެ ކަންބޮޑުވުންތައް ފާޅުކުރަމުން އަންނަނިކޮށް މިއަދު ރައީސް އޮފީހުގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ މީޑިއާ ކައުންސިލުން ހުށަހަޅާފައިވާ ބިލެއްގެ ޑްރާފްޓެއް އެބައޮތް ކަމަށާއި އެ ޑްރާފްޓާ، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ.
ތަފްސީލް - "އެބިލަށް ބަލާއިރު މައިގަނޑު ގޮތެއްގައި ތިބޭފުޅުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ބަލާއިރު މީޑިއާ ކައުންސިލުން ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅާފައި އޮތް ބިލާ، މިހާރު ހުށަހަޅާފައި އޮތް ބިލާ މާ ބޮޑެތި ތަފާތުތަކެއް ނެތް،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
މިހާރު މަޖިލީހުގައި އޮތް ބިލާ މެދު ނޫސްވެރިންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް އައްޔަނު ކުރާ މެންބަރުންތަކެއް މީޑިއާ ކޮމިޝަނުގައި ތިބުން ކަމަށާއި، ކޮމިޝަނުގެ ރައީސަކަށް ވެސް ރައީސް އައްޔަނު ކުރާ މީހަކު ހުރުން ކަމަށް އުޝާމް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ރައީސް ދެއްވާ ހައްލު ވިދާޅުވެފައިވާކަން ފާހަގަ ކުރައްވާ އުޝާމް ވިދާޅުވީ
މީޑިއާ ކައުންސިލުން އޭޖީ އޮފީހަށް ހުށަހެޅި ބިލުގެ4 ވަނަ މާއްދާގައި މީޑިއާ ކޮމިޝަން އެކުލެވިގެންވާ7 މެންބަރުންގެ ތެރެއިން5 މެންބަރުންނަކީ މީޑިއާ ތަކުން އިންތިހާބު ކުރާ މެންބަރުން ކަމަށް އެބަ އޮތް
ދެން ތިބޭ ދެ މެންބަރުން އައްޔަނު ކުރަނީ ރައީސް ކަމަށް
ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ