ގެއްލިގެން ހޯދަމުން އަންނަ ޒަކަރިއްޔާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު، އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ނިޔާވެފައި އޮއްވާ ދާދިދެންމެެއަކު ފެނިއްޖެއެވެ.
ގައްދޫ އިން ‘’ތިލަދުން’’ އާއި ވާހަކަދެއްކި މީހަކު ބުނީ ޒަކަރިއްޔާ ފެނުނީ ގަމު ގަމުގެ ދެކުނު ފަރާތު އަތިރިމަތީ ލައްގާފައި އޮއްވާ ކަމަށެވެ.
ޒަކަރިއްޔާ ޑިންގީއެއްގައި ގައްދޫއިން ފުރާފައި ވަނީ 10 ޖުލައި 2025 ވަނަ ދުވަހު ހެނދުނު 9:30 ހާއިރުއެވެ. އަދި ޒަކަރިއްޔާ ގަމަށް ދިޔަން އެނގިފައިވާއިރު، ޒަކަރިއްޔާ ޚަބަރެއް ނުވެ ގެއްލިފައި ވަނީ ހެނދުނު 11:15 ގައި ގަމުން ފުރިފަހުންނެވެ.
ޒަކަރިއްޔާ ގެއްލުމާއި ގުޅިގެން ސިފައިންނާއި، ފުލުހުންނާއި ގައްދޫގެ ރައްޔިތުން ވެސް ނުކުމެ އައީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ތެރެެއިން ސަރަހައްދުގެ ފަޅުރަށްތަކާއި ފަޅުގިރިއާއި ކަނޑުގެ ބޮޑު ސަރަހައްދެއް ވަނީ ބަލާފައެވެ.
މި މަސައްކަތުގެ ތެރެއިން އިއްޔެ ވަނީ ޒަކަރިއްޔާ ދަތުރުކުރި ޑިންގީ  ގދ.ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރ އަޑިން ސިފައިންނާއި ފުލުހުން ގުޅިގެން ކުރި ޑައިވެއްގައި ހޯދާފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ