މާލެ އުތުރު ފަރާތުގައި އޮންނަ ބަނދަރުން ހިދުމަތް ހޯދުމަށްޓަކައި އުޅަނދުފަހަރު ރަޖިސްޓްރީކުރަން އެމްޕީއެލްއިން ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - އެމްޕީއެލް ސަރަހައްދުން ފެށިގެން މަސްމާރުކޭޓު ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮއްޓާ ހަމައަށް އޮންނަ ބަނދަރު ޓްރާންސްޕޯޓް މިނިސްޓްރީން 4 ޖޫން 2025 ގައި އެމްޕީއެލްއާ ވަނީ ހަވާލުކޮށްފަ އެވެ.
ތަފްސީލް - އެމްޕީއެލްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ބަނދަރު ހިންގައި ބަލަހައްޓާނީ އެ ކުންފުނީގެ ނޯތު ހާބަރުގެ ދަށުން ކަމަށެވެ. އެއާ އެކު:
1 އޮގަސްޓުން ފެށިގެން އެ ބަނދަރުން ހިދުމަތް ދޭނީ ނޯތު ހާބަރުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުފަހަރަށް އެކަނި
ރަޖިސްޓްރީ ނުކުރާ އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި
1 ސެޕްޓެމްބަރުން ފެސިގެން ހިދުމަތް ދޭނީ މާލޭ ނޯތު ހާބަރު ހިންގުމުގެ އުސޫލުގެ ދަށުން
އެ ބަދަލާ ގުޅޭ މައުލޫމާތު މާލޭ ނޯތު ހާބަރުގެ އޮޕަރޭޝަންސް ނަންބަރު 3006545 އަށް ގުޅުމުން ލިބޭނެ އެވެ.
މާލޭ އުތުރު ބަނދަރު އެމްޕީއެލްއަށް؛ އުޅަނދު ރަޖިސްޓްރީ ކުރަން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ