ޑިންގީއެއްގައި ދަތުރުކުރި 75 އަހަރުގެ މީހަކު ގެއްލިގެން ހޯދަނީ

ގދ. ގައްދޫން ފުރައިގެން އެ ރަށާ ޖެހިގެން އޮންނަ ގަމަށް ޑިންގީއެއްގައި ދަތުރުކުރި 75 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުންނަށް އެ މައްސަލަ ރިޕޯޓުކުރީ މިއަދު ހަވީރު 5:05ގަ އެވެ.
ތަފްސީލު - "މިހާތަނަށް ބެލިބެލުމުން ހެނދުނު 11:15 ހާއިރު އެ މީހާ ގަމުން ފުރާފައިވާ ކަމަށް މައުލޫމާތު ލިބިފައިވޭ،" ފުލުހުން ބުނެފައިވެ އެވެ.
އޭނާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ނޫ ކުލައިގެ އަތްކުރު ގަމީހަކާއި ކަޅު ކުލައި ސޯޓެކެވެ.
އޭނާ ހޯދުމަށްޓަކައި އެމްއެންޑީއެފް ސައުތު ރީޖަން ކޯސްޓް ގާޑުން ބޭރު ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އޭގެ އިތުރުން ގަމާއި ގަން ކައިރި ފަޅު ރަށްތައް ފުލުހުން އަންނަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ