އިލެކްޝަނަށް އެންމެ ފުރަތަމަ ވަންނާނީ ރައީސް އަބްދުﷲ ޔާމީންގެ ކެނޑިޑެސީ ފޯމު: ޝިޔާމް

އިލެކްޝަންސް ކޮމިޝަނަށް އެންމެ ފުރަތަމަ ވަންނާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެނޑިޑެސީ ފޯމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީ އަދި ދަ ޑިމޮކްރެޓިކްސް ކުޅިގެން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް ނަޝީދު ކޮށްފައިވާ ޕޯސްޓަކަށް ރައްދުދެއްވާ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އެންމެ ފުރަތަމަ ޕާޓީއަކުން ކަނޑައަޅައި އެކަން އިއުލާނު ކުރީ ޕީޕީއެމްއިން ރައީސް ޔާމީންކަމަށާއި، އެހެންމަކުން އަންނަ ޖުލައި މަހުގެ 23 ވަނަ ދުވަހު އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަންސްއަށް ވަންނާނީވެސް އެމަނިކުފާނުގެ ކެނޑިޑެސީ ފޯމުކަމަށެވެ.
“އޯޝަން ވީކްލީ” ގެ މި ހަފުތާގެ ޝޯގައި ރައީސް ނަޝީދު ވަނީ “ޔާމީނެއް ވެސް ނޫން، ނަޝީދެއް ވެސް ނޫން؛ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއް” ކަމަށް ބުނެފައެވެ. ރައީސް ނަޝީދުގެ މިވާހަކައަށް ރައްދުދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ “އޯޝަން ވީކްލީން ވެސް މިހާރު ހުވަފެނީ ވާހަކަ ދައްކަން ފެށީ” ކަމަށް ބުނެފައެވެ.
ޝިޔާމް ގެ ޓްވީޓްގައި ވަނީ “ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް ޔާމީނަކީ އެންމެ ފުރަތަމަ ޕާޓީ އަކުން 2023 އަށް ދެއްކި ރިޔާސީ ކެންޑިޑޭޓު. އަދި 23 ޖުލައިގައި އެންމެ ފުރަތަމަ އިލެކްޝަން ކޮމިޝަނަށް ވަންނާނީ ވެސް އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް.”
ޕީޕީއެމާއި ޕީއެންސީގެ ކެންޑިޑޭޓަކީ ޔާމީން ކަމަށް ބުނަމުން އަންނަ އިރު، އެ މަނިކުފާނު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެންވެ އަދި ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭނެ އެއްވެސް މަގެއް ފަހިވެފައެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ