ރައީސް މައުމޫނު އެމްއާރްއެމް ސިޔާސީ ޕާޓީއަކަށް ހައްދަވަނީ

ކުރީގެ ރައީސް މައުމޫން އެމަނިކުފާނު ނިސްބަތްވާ ޕާޓީ، މައުމޫން ރިފޯމް މޫމަންޓް (އެމްއާރްއެމް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ނިންމަވައިފިއެވެ.
މައުމޫން އެމްއާރްއެމް ރަޖިސްޓްރީ ކުރަން ނިންމާފައިވާފައި މިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ޕީޕީއެމްގެ ޚާއްސަ ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ މައްސަލަ ޕީޕީއެމް އިން ކޯޓަށް ވެއްދީ އިލެކްޝަންސް ކޮމިޝަނުން އެ ކޮންގްރެސް ބަލައިނުގަންނަން ނިންމުމުންނެވެ. 
ހައިކޯޓުން ވަނީ ޕީޕީއެމް ކޮންގްރެސް އެންޑޯޒް ކުރެވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ