ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ގެ ލަޤަބް އަރުވާފައިވާ ކުރީގެ މިނިސްޓަރ މާފަންނު ދޫރެސް ޢަބްދުﷲ ޖަމީލް އަވަހާރަވުމުގެ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އޮނަރަބަލް ގާސިމް އިބްރާހިމްގެ މެސުޖުގައި ވިދާޅުވެފައިވަނީ ދިވެހި ދައުލަތަށް ނުހަނު ގިނަ ގުނަ ހިދުމަތް ތަކެއް 54 އަހަރަށްވުގެ ގިނަ ދުވަހު ކޮށްދެއްވި "ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ" ގެ ލަގަބް ލިބިވަޑައިގޭންފައިވާ މ.ދޫރެއް ޢަބްދުﷲ ޖަމީލް ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވި ޚަބަރު އެހީ ފުން ހިތާމަ އާއި އެކު ކަމަށެވެ. އަދި މަރުހޫމް ޢަބްދުﷲ ޖަމީލް އަކީ ސަރުކާރުގެ އެކި ވުޒާރާ ތަކުގެ ވަޒީރުކަން ގިނަ ދުވަސް ތަކެއް ވަންދެން ކުރައްވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ގިނަ ޒަމާންތަކެއް ވަންދެން ކުރައްވާފައިވާ ރައްޔިތުންނާއި ދައުލަތުގެ ނުހަނު އިޚްލާސްތެރި އެއް ކަމަށެވެ.
ގާސިމް އިބްރާހިމްގެ މެސުޖު ނިންމާލައްވަމުން ވިދާޅުވެފައިވަނީ މަރުހޫމް ގެ އާއިލާ އަށް ނުހަނު އިހްލާސްތެރި ކަމާއެކު ތައުޒިޔާ އަރިސް ކުރާކަމަށާއި ކީރިތި ﷲ މަރުހޫމް ޢަބްދުﷲ ޖަމީލް ގެ ފާފަ ފުއްސަވާ، ކައްވަޅުގެ އަޒާބުން ދުރުކުރައްވާ، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައި އާއިލާ އަށް ކެތްތެރިކަން އިތުރު ކުރެއްވުން އެދި ﷲ ތައާލާ ގެ ހަޒްރަތުގައި ދުއާ ދަންނަވާކަމަށެވެ.
އަބްދުﷲ ޖަމީލް އަވަހާރަވިއިރު ފަސް ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ. އޭގެ ތެރޭގައި ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް ހިމެނިވަޑައިގަންނަވަ އެވެ. އަބްދުﷲ ޖަމީލަކީ ކުރީގެ ދެ މިނިސްޓަރުން ކަމަށްވާ ފަތުހުﷲ ޖަމީލާއި ޑރ. އާމިނަތު ޖަމީލް ބޭބޭފުޅެވެ.
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَDhivehi Dhaulathah Nuhanu Gina Guna Khidhumaiy Thakeh 54 Aharah vure gina dhuvahu, Koh dhevvi, “Nishan Izzudheen ge Izzathuge” lagab libivadaigenfaivaa M. Dhoores Abdullah Jameel, Dhemiothumuge Aalamah Dhathruru Kurehvvi Khabaru Ehee… pic.twitter.com/X9OBgCgr4v
— Qasim Ibrahim (@qasimibrahim) June 11, 2023
ޢަބްދުﷲ ޖަމީލް އަވަހާރަވުމާ ގުޅިގެން ގާސިމް އިބްރާހިމް ތައުޒިޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ