ސަރުކާރުގެ އެންމެ ގިނަ ދުވަސްވީ އޮފީސް ކަމުގައިވާ ގާޒީ ބިލްޑިންގ ތަޅާލަން ސަރުކާރުން ނިންމައިފިއެވެ.
މިކަމާގުޅޭގޮތުން، "ވީނިއުސް"އަށް މައުލޫމާތުދެއްވަމުން، މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިން، އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، އެ ބިލްޑިން ތަޅާލަން ސަރުކާރުން ނިންމީ، އެ ބްލްޑިން ވަރަށް ބޮޑަށް ބާވެ، ބޭނުން ނުކުރެވޭ ވަރުވުމުން ކަމަށެވެ.
އަދި އެ އިމާރާތް ޖޫންމަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް ތަޅާލާނެ ކަމަށާއި، މިހާރު އެ އިމާރާތުގައި ހިނގާ ބައެއް އޮފީސްތައް ހުސްކުރަމުންދާ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ، ގާޒީ ބިލްޑިންގ ބޭނުން ކުރުމަކީ މިހާރު ރައްކާތެރިކަމެއް ނޫން ކަމަށާއި، އެ ބިލްޑިން ތަޅާލާފައި، އެ ބުމުގައި ޕާކިންގ ޒޯނެއް ހަދަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އަމީރު އަހުމަދު މަގުން ޑިފެންސް މިނިސްޓްރީ ކުރިމަތީގައި ހިންގާ ސަރުކާރުގެ އެންމެ ގިނަ ދުވަސްވީ އޮފީސް އިމާރާތްތަޅާން، ސަރުކާރުން ނިންމާފައިވާއިރު، އެ ސަރަހައްދުގައި ހުރި، ސަރުކާރުގެ އޮފީސްތައް ހިންގަން ބޭނުންކުރި ހުރަވީ ބިލްޑިންގް ވެސް ވަރަށް ބޮޑަށް ބާވެ، ބިލްޑިންގ ބޭނުންނުކުރެވޭ ހިސާބަށް ދިއުމުން ދާދި ފަހުން ވަނީ ތަޅާލައިފައެވެ.
އަމީރު އަހުމަދު މަގުން ރައީސް އޮފީސް ކުރިމަތީގައި ހުރަވީ ބިލްޑިންގް ހުރި ތަނުގައި މިހާރު ހަދާފައި ވަނީ ވެހިކަލް ޕާކިންއަކާއެކު ހަދާފައިވާ ޕާކިން ޒޯނެކެވެ.
ގާޒީ ބިލްޑިންގ ތަޅާލައި، އެ ބިމުގައި ޕާކިންޒޯނެއް ހަދަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ