ތިލަފުށީގައި ގާއިމްކޮށްފައިވާ ހުސް ކޮންޓެއިނަރު ބަހައްޓާ ޖާގަ ނުވަތަ "އެމްޕްޓީ ކޮންޓެއިނަރު ޑީޕޯ" މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިތުރުކޮށްފިއެވެ.
މި ޑީޕޯ ބޭނުންކުރަން ފެށުމުން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އޮޕަރޭޝަންސްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ލުޔެއް ލިބޭނެއެވެ. ނަމަވެސް، އެމްޕީއެލްއިން ފާހަގަކުރާ ގޮތުގައި ބަނދަރުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނީ މުޅި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވުމުންނެވެ.
ދިވެހިރާއްޖޭގެ މައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ. އެމްޕީއެލްގެ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ފަދައިން، 2027 ވަނަ އަހަރު ތިލަފުއްޓަށް ބަނދަރު ބަދަލުކޮށް ޚިދުމަތް ދޭން ފެށުމެވެ.
ތިލަފުށީގައި ހުސް ކޮންޓެއިނަރު ބަހައްޓާ ޖާގަ އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ