ބަގުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ޑްރޯން ހަމަލާއެއް ދީފި

އިރާގުގެ ވެރިރަށް ބަގުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ރޭ ދީފި އެވެ.
އެ ހަމަލާގެ އަޑުފައްގަނޑު މުޅި ހިސާބަށް ވަނީ ގުގުމައިފަ އެވެ.
އިރާގުގެ ސަލާމަތީ ބާރުތަކުން ބުނި ގޮތުގައި، އެމްބަސީއަށް އަމާޒުކޮށް ރޮކެޓާއި ޑްރޯން ހަމަލާތައް ދިން އިރު، ޑިޕްލޮމެޓިކް ކޮމްޕައުންޑް ކައިރީގައި ބޮމެއް ގޮއްވާލި އަޑު ވެސް ވަނީ އިވިފަ އެވެ.
އެ ހާދިސާގެ އިތުރަށް ބަގުދާދު އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް ފެސިލިޓީއަކަށް އަމާޒުކޮށް ވެސް ވަނީ ހަމަލާތަކެއްދީފަ އެވެ. 
މިދިޔަ މަހުގެ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ހަނގުރާމަ ފެށި ފަހުން ބަދަލު ހިފުމުގެ ގޮތުން އީރާނުގެ މަދަދު ލިބޭ އިރާގުގެ ހަނގުރާމަވެރިން ދަނީ އިރާގުގައި ހުންނަ އެމެރިކާގެ މަސްލަހަތުތަކަށް ހަމަލާ ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ