ހުއްދަ ނެތި ރޮށި ފިހާ ބަޔަކު އަތުލައިގެންފި

ހުއްދައެއް ނެތި ވިޔަފާރި އުސޫލުން ރޮށި ފިހާ ތަނަކާއި ފިހާރައެއް ބަންދުކޮށް، 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުުނީ ބިދޭސީން އުޅޭ އެ ދެ ތަނުގެ ތެރެއިން އެއް ތަނަކީ އެއްވެސް ހުއްދައެއް ނެތި ވިޔަފާރި އުސޫލުން ރޮށި ފިހެ ވިއްކަމުން އައި ތަނެއް ކަމަށެވެ. އަދި ދެވަނަ ތަނުގައި ގަވާއިދާ ހިލާފަށް ފިހާރައެއް ހިންގައި މުދާ ވިއްކަމުން ގޮސްފައިވެ އެވެ.
އެހެންވެ މިހާރު އެ ދެ ތަން ވެސް އިކޮނޮމިކް މިނިސްޓްރީން ބަންދުކޮށްފައިވާ އިރު، މި ވިޔަފާރިތަކާ ގުޅުގެން ޖުމްލަ 15 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްގަ އެވެ. އެއީ މުޅިން ބެސް ފިރިހެނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ