ރޯދަމަހު ވައްކަން ކޮށްގެން ހައްޔަރުކޮށް، ދޫކޮށްލި ދުވަހު އަނެއްކާ ވެސް ވައްކަންކޮށްގެން ހައްޔަރުކޮށްފި
ވައްކަމުގެ މައްސަލައެއްގައި މި ރޯދަމަހު ހައްޔަރުކުރި މީހަކު، ބަންދުން ދޫކޮށްލި ދުވަހު، އަނެއްކާ ވެސް ވައްކަންކޮށްގެން ހައްޔަރުކޮށްފިއެވެ. ވައްކަމުގެ މައްސަލައެއްގައި ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލި ދުވަހު އަނެއްކާ ވެސް ވައްކަންކޮށްގެން ހައްޔަރުކުރީ، ރ. ރަސްގެތީމު ފީރޯޒުގެ އާދަމް އިޝާންއެވެ. ވައްކަމުގެ މައްސަލައެއްގައި މި ހިނގާ މާރިޗު މަހުގެ އަށްވަނަ ދުވަހު ހައްޔަރުކުރުމަށް ފަހު، އޭނާ ބަންދުން ދޫކޮށްލީ އިއްޔެއެވެ. އިއްޔެ އޭނާ ބަންދުން ދޫކޮށްލުމާ އެކު، އަނެއްކާ ވެސް އިއްޔެ ވައްކަމުގެ އެހެން މައްސަލައެއްގައި އޭނާ ވަނީ ހައްޔަރުކޮށްފައެވެ. ކްރިމިނަލް ކޯޓުގެ ރިކޯޑްތަކުން ދައްކާ ގޮތުގައި، މި މަހުގެ އަށްވަނަ ދުވަހު އޭނާ ހައްޔަރުކޮށް ޖެހިގެން އައި ދުވަހު ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހަށް އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރިއެވެ. އެއީ، ވައްކަމުގެ އިތުރުން ހުއްދަ ނުހޯދައި ގޯތިގެދޮރަށް ވަނުމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައެވެ. ފަސް ދުވަހަސް އޭނާ އެ ދުވަހު ބަންދު ކުރީ ގާޒީ ސަފްއަތު ހަބީބެވެ. އެ ފަސް ދުވަސް ހަމަވެގެން އޭނާ އިއްޔެ ދޫކޮށްލުމުން އަނެއްކާ ވެސް ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށް މިއަދު ކޯޓަށް ހާޒިރުކުރުމުން، ގާޒީ އިބްރާހިމް ޒިހުނީ ވަނީ 15 ދުވަހަށް އޭނާ ބަންދުކޮށްފައެވެ. މިއަދުގެ މުއްދަތު މަޖިލީހުގައި އޭނާ ވަނީ ބަންދު މުއްދަތު ކުރުކޮށްދިނުމަށް ވެސް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ