މި ސަރުކާރުގެ ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޫކުރަން އިއްޔެ ހުޅުވާލި ފުރުސަތުގައި ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި 518 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ 518 އެޕްލިކޭޝަންގެ ތެރެއިން 399 އެޕްލިކޭޝަނަކީ ފްލެޓް އެޕްލިކޭޝަން ކަމަށެވެ. ގޯއްޗަށް ހުށަހަޅާފައި ވަނީ 119 އެޕްލިކޭޝަނެވެ.
ޑްރާފްޓް ސްޓޭޖްގައި 3836 އެޕްލިކޭޝަން އެބައޮތް ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.
ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅަންޖެހެނީ ”ބޯހިޔާވަހިކަން އެންމެނަށް“ ޕޯޓަލް މެދުކޮށެވެ. ޕޯޓަލްގެ ލިންކަކީ boahiyaavahikan.housing.gov.mv އެވެ. ފުލެޓަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން 17 އެޕްރީލްވާ ހުކުރު ދުވަހުގެ 23:59 ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
އަދި ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާއިވަނީ 04 މާރިޗު 2026 ވާ ބުދަ ދުވަހުގެ 23:59 ގެ ނިޔަލަށް ކަމަށްވެސް ބުންޏެވެ.
ފުލެޓާއި ގޯތި ދޫކުރުމާބެހޭ އިތުރު މައުލޫމާތު ހޯދުމަށް މިނިސްޓްރީގެ ހޮޓްލައިންނަންބަރު 4004-861, 4004-860, 4004-863, 4004-862, 4004-864,ނުވަތަ 4004-865 ގުޅުމަށް އެދިފައިވެއެވެ. އަދި އެ މިނިސްޓްރީގެ އީމެއިލް:[email protected]އަށް ހުށަހަޅައިގެންވެސް މަޢުލޫމާތު ސާފުކުރެއްވޭނެއެވެ.
24 ގަޑިއިރުތެރޭ ގޯއްޗާއި ފްލެޓަށް އެދި 518 އެޕްލިކޭޝަން ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ