ސަން ބަދިގެ: ފަރުމަސް މުރަގަފަތް ރައިސް

މިއަދުގެ ސަން ބަދިގެ މި ހާއްސަ ކޮށްލަނީ ސިއްހީ ގޮތުން ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް އެއިން ލިބިދޭ ފަތް އަދި މަސް ބޭނުންކޮށްގެން ތައްޔާރުކޮށްލާ ބާވަތަކަށެވެ. ބޭނުން ވާތަކެތި 2 1/2 ޖޯޑު ބާސްމަތީ ހަނޑޫ ( ރަގަނޅަށް ދޮވެލާފައި ފެނުގައި 10 ނުވަތަ 15 މިނެޓް ބަހައްޓާފައި )80 ގްރާމް މުރަނގަފަތް ( ކުދި ކޮށް ކޮށާފައި )300 ގްރާމް ފަރުމަސް (ތުނކޮށް ފޮތިކޮށް ކޮށާފައި ) 02 ބޮޑު ފިޔާ ( ޗޮޕްކޮށްލާފައި ) 02 ލޮނުމެދު ( ގާނާފައި ) 225 ގްރާމް މަޝްރޫމް ( ތުނިކޮށް ފޮތިކޮށް ކޮށާފައި ) 06 ކާފޫރުތޮޅި 06 ކަރަންފޫ 01 އިންޗި ފޮނިތޮށި 01 ސައިސަމުސާ ރީނދޫ 1/2 ޖޯޑު ހިކިމޭބިސް ކަދުރު 05 ޖޯޑު ފެންރަހަލާވަރުގެ ލޮނު އަދި މުގުރި އަސޭމިރުސް ކޮޅެއް06 މޭޒްމަތީސަމްސާ ތެޔޮ ތައްޔާރު ކުރާނެގޮތް ތެއްޔެއްގެ ތެރެއަށް ތެޔޮފޮދު އެޅުމަށްފަހު ރަގަނޅަށް ހޫނުކޮށްލާފައި ފިޔާ، މުރަނގަފަތް، ލޮނު އަދި ފަރުމަސް ކޮޅުއަޅާ އެއްކޮށްލުމަށްފަހު މަޑުގިނީގައި ތިން މިނެޓް ވަންދެން ކައްކާލާށެވެ. އެއަށްފަހު މަޝްރޫމް، ހަނޑޫ، ލޮނުމެދު، ކާފޫރުތޮޅި، ކަރަންފޫ، ފޮނިތޮށި، ރީނދޫ، އަސޭމިރުސް އަޅާއެއްކޮށްލުމަށްފަހު އެއް މިނެޓް ވަންދެން ކައްކާލާށެވެ. އެއަށް ފަހު ފެންފޮދު އަޅާފައި 15 މިނެޓް ވަންދެން ކައްކާފައި މޭބިސްކަދުރު ކޮޅުއަޅާ އެއްކޮށްލުމަށްފަހު އުނދުން ނިވާލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ