ބައިގަރުނަށް ފަހު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ޖާގަ ހޯދައިފި އެވެ.
އެފްރިކާ ބައްރުގެ މެދުތެރޭގައިވާ ގައުމު ކޮލިފައިވީ އިންޓަ ކޮންޓިނެންޓަލް ޕްލޭއޯފްގެ ފައިނަލުގައި ޖެމެއިކާ ކޮޅަށް 100 ވަނަ މިނިޓް ބާނެލޭގެ ޑިފެންޑަރު އެލެކްސް ޓުއާންޒެބޭ ޖަހައިދިން ހައެކަނި ގޯލުންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމު 0-0އިން އެއްވަރު ވެގެންނެވެ.
ކޮންގޯ އަކީ ފުރަތަމަ ފަހަރަށް 48 ގައުމު ކުޅޭ ވޯލްޑް ކަޕަށް ކޮލިފައިވި 47 ވަނަ ގައުމެވެ. ބާކީ އޮތް ހަމައެކަނި ޖާގަ އަށް ވާދަ ކުރަނީ އިރާގާއި ބޮލީވިއާ އެވެ.
މެކްސިކޯގައި ކުޅުނު މި މެޗުން މޮޅުވުމުން ކޮންގޯ ހިމެނެނީ ޕޯޗުގަލް އާއި ކޮލަމްބިއާ އާއި އުޒުބަލިސްތާނާނާއެކު ގްރޫޕް ކޭގަ އެވެ.
ކޮންގޯ އެންމެ ފަހުން ވޯލްޑް ކަޕުގައި ކުޅުނީ 1974 ވަނަ އަހަރު ހުޅަނގު ޖަރުމަނުގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަހުން މިއަދާ ހަމައަށް 52 އަހަރު ވެފައިވާއިރު ޖޫން 11 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕް އޮންނާނީ އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގަ އެވެ. މިއީ ތިން ގައުމެއް ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.
ބައި ގަރުނު ފަހުން ކޮންގޯ ވޯލްޑް ކަޕަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ