ޒަމާނީ ފެންވަރަށް ބަރުބަރީ މިސްކިތް އަލުން ހަދައި ހުޅުވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މަސްޖިދު ޔޫސުފުލް ބަރްބަރީ -- ބަރުބަރީ މިސްކިތް ހުޅުވައިދެއްވައިފި އެވެ.އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެ މިސްކިތް ހުޅުވާފައިވަނީ ޒަމާނީ ފެންވަރަށް އަލުން ހަދައި 1،400 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ޖާގަ ތަނަވަސް ރީތި މިސްކިތެއް ގޮތުގަ އެވެ.އިސްލާމިކް މިނިސްޓްރީން ބުނީ، ބަރުބަރީ މިސްކިތް ޒަމާނީ ފެންވަރަށް ހެދީ އަލިސާފު ކުންފުނީގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އެ މި މިސްކިތް ބިނާކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ޑިސެމްބަރު 2024 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ