ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި މިހާރު ކުރިއަށްދާ ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި މިއަދު ރާއްޖެއިން ތާރީހުގެ އާ ސަފުހާއެއް ލިއުން ކައިރި އެވެ.
ސައުތު އޭޝިއާގެ ހަތް ގައުމު ވާދަކުރާ މި މުބާރާތުގައި ބޫޓާން އަތުން މިއަދު މޮޅުވެއްޖެ ނަމަ ރާއްޖެއަށް ޗެމްޕިއަންކަން ލިބޭނެ އެވެ. މިއީ ފުޓްސަލް އާއި ފުޓްބޯޅައިގެ ހުނަރު، ސަރަހައްދީ ފެންވަރުގައި މަތި، ރާއްޖެއަށް ކުރިއަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއް ވެސް މެ އެވެ.
ލީގު ބުރެއް ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ތަށި ލިބޭ ގޮތަށް ކުރިއަށްދާ މި މުބާރާތުގައި މިހާތަނަށް ރާއްޖެ ކުޅުނު ހަތަރު މެޗުން މޮޅުވެ 12 ޕޮއިންޓާ އެކު އޮތީ ތާވަލްގެ އެއްވަނައިގަ އެވެ. ކުރިއަށް ދެ މެޗު އޮތް އިރު މިއަދުގެ މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދިއްޖެ ނަމަ އެހެން އެއްވެސް ޓީމަކަށް ރާއްޖެ އަތެއް ނުވާނެ އެވެ. މާނައަކީ ކުރިއަށް އެއް މެޗު އޮއްވާ ރާއްޖެ ޗެމްޕިއަންކަން ކަށަވަރުވުމެވެ.
ބޫޓާން މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ. ތޭރަ ގޯލުގެ ގެއްލުމެއް ވެސް އެބަ އޮތެވެ. އެއާ ހިލާފަށް ރާއްޖެއަށް ފައިދާ 17 ލަނޑެވެ. ރާއްޖޭގެ މި ލަނޑުގެ އަދަދާ ހަމަކޮށްލެވޭ އެހެން ޓީމެއް ވެސް ނެތެވެ. ތާވަލްގެ ދެވަނާގައި އޮތް ޕާކިސްތާނަށް ފައިދާ ތިން ގޯލެވެ. ހަތަރު ވަނާގައި އޮތް އިންޑިއާއަށް ވެސް ފައިދާ ތިން ގޯލެވެ.
ރާއްޖެއަށް އެންމެ އުނދަގޫ މެޗެއް ދިމާވީ އެންމެ ފަހުން ނޭޕާލާ ދެކޮޅަށެެވެ. އެ މެޗުން ރާއްޖެ މޮޅުވީ 2-1އިންނެވެ.
ސާފްގެ މި މުބާރާތް ބެންކޮކްގައި ކުރިއަށް ދަނީ މި ސަރަހައްދުގައި ފުޓްސަލްގެ އެކަށީގެންވާ ކޯޓެއް ނެތުމުންނެވެ.
މިއަދު ރާއްޖޭގެ ފުޓްސަލް ޓީމު ތާރީހުގެ އާ ސަފުހާއެއް ލިއުން ގާތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ