ތައުލީމާއި އުނގެނުމުގެ ފުރުސަތުތަކުގައި މި ސަރުކާރުން އެންމެން ވެސް ބައިވެރިކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ދުނިޔޭގެ ތައުލީމު ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީ އާއި ކުރިއެރުމުގެ ބިންގަލަކީ ތައުލީމު ކަމަށެވެ.
ތަފްސީލު - މި ސަރުކާރުގެ ތައުލީމީ ސިޔާސަތަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ އެ ނިޒާމު ބައްޓަންކޮށްފައިވަނީ، އުނގެނުމަކީ ހަމަހަމަކަމާ އެކު އެންމެންނަށް ވެސް ބައިވެރިވެވޭ އަދި ބަދަލެއް ގެންނާނެ ފަދަ ނިޒާމެއްގެ ގޮތުގައި ކަމަށެވެ.
ގައުމީ ތަރައްގީގެ އެންމެ މުހިންމު ބައިގެ ގޮތުގައި މި ސަރުކާރުން ކަނޑައަޅާފައިވަނީ ތައުލީމުކަން ފާހަގަކޮށް ރައީސް ވިދާޅުވީ:
މިދިޔަ ދެ އަހަރު 6،000އަށް ވުރެ ގިނަ ދަރިވަރުން ފަސްޓް-ޑިގްރީ ސްކީމްގެ ދަށުން ދަސްވެނިވެފައިވާ ކަމަށް
އެ މުއްދަތުގެ ތެރޭގައި ސްޓޫޑެންޓު ލޯނުގެ ގޮތުގައި 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް
ރައީސް ވިދާޅުވީ ދަރިވަރުންނަށް އިންވެސްޓުކޮށް، ތައުލީމީ ފުރުސަތުތައް ފުޅާކުރުމުގެ ސަބަބުން ބައްޓަން ކުރެވޭނީ އެ ދަރިވަރުންގެ މުސްތަގުބަލު އެކަނި ނޫން ކަމަށާއި އެއާ އެކު ފާގަތި އަދި ސާބިތު ގައުމެއްގެ ގޮތުގައި ރާއްޖެ ވެސް ބިނާކުރެވޭ ކަމަށެވެ.
ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކޮންމެ މީހަކީ ވެސް ތަރައްގީގެ ބައިވެރިއަކަށް ހެދޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ތައުލީމާއި އުނގެނުމުގައި އެންމެން ބައިވެރިކުރާނަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ