ދިވެހި ވަތަނީ ހިދުމަތް ނުވަތަ މޯލްޑިވްސް ނޭޝަނަލް ސާވިސްގެ އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބެޗަށް ހޮވުނު ބައިވެރިން ތަމްރީނަށް ފުރައިފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޑީއެފްއިން ބުނީ ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބެޗުގައި ރާއްޖޭގެ 112 ރަށަކުން 286 ފިރިހެން، އަދި 64 އަންހެން ދަރިވަރުން ހިމެނޭހެން ޖުމުލަ 350 ދަރިވަރުން ބައިވެރިވާ ކަމަށެވެ.
ތަފްސީލު - ތަމްރީނުގެ ބައިވެރިން ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ތިން މަސްދުވަހު ތަމްރީނު ފުރިހަމަކުރާނެ އެވެ.
މޯލްޑިވްސް ނެޝަނަލް ސާވިސްއަކީ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރަން ރައީސް މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ފެއްޓެވި މަޝްރޫއެކެވެ.
އެ ހިދުމަތް އުފެއްދުމުގެ މަގްސަދުތަކުގެ ތެރޭގައި:
ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު އާލާކުރުން
އިސްލާމްދީނަށް ލޯބިކުރާ ރައްޔިތުން ބިނާކުރުން
ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުަގއި ގައުމީ ހިދުމަތަށް ސާބިތުކަމާ އެކު ކުރިމަތިލާނެ ބަޔަކު ބިނާކުރުން
ޒުވާނުންނަކީ އެއްބައިވަންތަކަމާ އެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގެންފައިވާ، އަހުލާގު ރަނގަޅު ބަޔަކަށް ހެދުން
ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ، އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ޒުވާނުން ބައްޓަންކުރުން
ނެޝަނަލް ސާވިސް އިނީޝިއަން ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އެ ތަމްރީންގެ ސެޓްފިކެޓާއި ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަޝިޕް، ކޮމިއުނިޓީ ވޮލަންޓިއާ ފަޔާ ފައިޓާ އަދި ބޭސިކް ފަސްޓް އެއިޑްގެ އިތުރުން އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރުމުގެ ސެޓްފިކެޓު ވެސް ލިބޭނެ އެވެ.
ވަތަނީ ހިދުމަތަށް ހޮވުނު 2 ވަނަ ބެޗު ތަމްރީނަށް ފުރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ