މެންޗެސްޓާ (ޖޫން 3) - ނިމިދިޔަ އިނގިރޭސި ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދެއްކި ބްރެންޓްފޯޑުގެ ފޯވާޑު ބްރިއަން އެމްބުއޭމޯ އެ ކްލަބު ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ގުޅެން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އިނގިރޭސި މީޑިއާ ދަ އެޓްލެޓިކް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމްބުއޭމޯ، 25، ޔުނައިޓެޑާ ގުޅެން ބޭނުންވާ ކަމަށް ނިންމީ އޭނާގެ ސޮއި ހޯދުމަށް އާސެނަލް، ނިއުކާސަލް އަދި ޓޮޓެންހަމް އިން ވެސް މަސައްކަތް ކުރަމުންދަނިކޮށެވެ.
ޕާސަނަލް ޓާމްސް އެއްބަސްވި ނަމަވެސް ބްރެންޓްފޯޑް އަދި ޔުނައިޓެޑުން މިހާތަނަށް އެމްބުއޭމޯ އާ ގުޅޭގޮތުން މުއާމަލާތެއް ކޮށްފައެއް ނުވެ އެވެ. އެ މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ރިޕޯޓުތައް ބުނާއިރު ބްރެންޓްފޯޑުން އޭނާ އަގުކުރަނީ 68 މިލިއަން ޑޮލަރު (50 މިލިއަން ޕައުންޑު) ގައި ކަމަށްވެ އެވެ.
އެއްބަސްވުމުގައި ބާކީ އަހަރެއް އޮތް އެމްބުއޭމޯ ނިމިދިޔަ ސީޒަނުގައި ބްރެންޓްފޯޑަށް ވިހި ގޯލު ޖަހައިދީ އަށް އެސިސްޓު ކޮށްދިނެވެ. މިއީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ސީޒަނެވެ. ފްރާންސުގެ ޓްރޮއީސް އިން 2019، ގައި ބްރެންޓްފޯޑާ ގުޅުނު އެމްބުއޭމޯ އަކީ އެ ކްލަބުގައި މިހާރު ހުރި އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ.
އަންނަ ސީޒަނުގައި ޔޫރަޕުގެ އެއްވެސް މުބާރާތަކަށް ކޮލިފައި ވެފައި ނުވާ ޔުނައިޓެޑާ ގުޅެން އެމްބުއޭމޯ ނިންމީ ކްލަބުން އޭނާއާ ހިއްސާކުރި، ކްލަބުގެ ޕްރޮޖެކްޓު ކަމުގޮސްގެން ކަމަށް އެތުލެޓިކުން ބުނެ އެވެ. އޭނާ ގަތުމަށް ޔުނައިޓެޑުން ބިޑުކުރަން ތައްޔާރުވަމުންދާއިރު، އެމްބުއޭމޯ ވެގެންދާނީ މި އަހަރުގެ ހޫނު މޫސުމުގައި ޔުނައިޓެޑުން ގަންނަ ދެވަނަ ކުޅުންތެރިޔާ އަށެވެ.
އާދިއްތަ ދުވަހު ޔުނައިޓެޑުން ވަނީ މިލިއަން ޑޮލަރު (62.5 މިލިއަން ޕައުންޑް)ގެ ފީއަކަށް ވުލްވްސް އަށް ކުޅޭ ބްރެޒިލް ގައުމީ ޓީމުގެ ފޯވާޑް މަޓެއުސް ކޫންޏާ ގަތުމަށް އެ ކްލަބާއެކު އެއްބަސްވެފައިވާކަން އިއުލާނުކޮށްފަ އެވެ.
ކޫންޏާ އަދި އެމްބުއޭމޯ އަކީ ޔުނައިޓެޑު ކޯޗު ރުބެން އަމޮރިމް ކުޅުވާ 3-4-3 ފޯމޭޝަނަށް ބޭނުން ހިފޭނެ، 10 ނަމްބަރު ޕޮޒިޝަނަށް އެންމެ ފުރިހަމަ ދެ ކުޅުންތެރި ކަމަށް އެނަލިސްޓުން ބުނެ އެވެ.
އެމްބުއޭމޯ ބޭނުންވަނީ ބްރެންޓްފޯޑު ދޫކޮށް ޔުނައިޓެޑާ ގުޅެން އެމްބުއޭމޯ ބޭނުންވަނީ ބްރެންޓްފޯޑު ދޫކޮށް ޔުނައިޓެޑާ ގުޅެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ