'ކާސްޓްރޯލް' ބްރޭންޑު ރާއްޖޭގައި ވިއްކުމުގެ ހުއްދަ އޮންނަ ހަމައެކަނި ކުންފުނި ކަމަށްވާ އެމްޓީސީސީގެ ބަދަލުގައި ބައެއް އަމިއްލަ ފަރާތްތަކުން 'ކާސްޓްރޯލް'ގެ ނަމުގައި ފޭކު އެއްޗެހި ވިއްކާކަން ފާހަގަކުރެވިގެން، އެކަމާ ސަމާލުވާން އެމްޓީސީސީން އިއްޔެ އެދިއްޖެ އެވެ.
ތަފްސީލް - އެމްޓީސީސީން ސޯޝަލް މީޑިއާގައި ބުނި ގޮތުގައި، އެހެން އެއްވެސް ބަޔަކު ކާސްޓްރޯލް މަރުކާގެ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކުމަކީ ރާއްޖޭގެ ގާނޫނާ ހިލާފު ކަމެކެވެ.
"ކާސްޓްރޯލް ސިންގަޕޯ ޕްރައިވެޓް ލިމިޓެޑާއި މި ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެމްޓީސީސީއަކީ ރާއްޖޭގެ ކާސްޓްރޯލް ސޯލް ޑިސްޓްރިބިއުޓަރު ކަމުގައި ދަންނަވަމެވެ،" އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ވަނީ، ކަސްޓަމަރުންނަށް އޮޅޭ ފަދައިން އެއްވެސް ފަރާތަކުން ކާސްޓްރޯލް އެތެރެކޮށް، ވިއްކާ ކަމުގެ ދޮގު މައުލޫމާތު ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
"އެއްވެސް ފަރާތަކުން މި ކުންފުނީގެ ވިޔަފާރިއަކަށް ގެއްލުންވާނެހެން މިފަދަ އަމަލެއް ކުރިކަން ކުންފުނީގެ ސަމާލުކަމަށް އައިސްފި ނަމަ، އެކަން ކުށްވެރި ކުރާ ހާލު، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި އެމްޓީސީސީގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ގާނޫނީ ތަރަހައިގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުތައް، އެ ފަރާތަކާ ދެކޮޅަށް މި ކުންފުނިން އަޅާނެ" ކަމަށް އެމްޓީސީސީން ބުންޏެވެ.
ފާހަގަކޮށްލެވޭ - އިންޖީނުތަކަށް ބޭނުންކުރެވޭ އެންމެ ފެންވަރު ރަނގަޅު އަދި އެންމެ އެކަށޭނަ އުފެއްދުންތަކުގެ ތެރޭގައި ކާސްޓްރޯލް ލޫބްރިކަންޓްސް ފާހަގަކޮށްލެވެ އެވެ.
ހުއްދަ ނެތި ކާސްޓްރޯލް ވިއްކާތީ ސަމާލުވާން އެމްޓީސީސީން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ