ބިޕާޝާ އެނބުރި ފިލްމީ ދާއިރާއަށް އަންނަން ތައްޔާރު ވަނީ
ފިލްމު "ޖިސްމް"، "ރާޒް" އަދި "ދޫމް 2" ފަދަ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު ބަތަލާ ބިޕާޝާ ބާސޫ ފިލްމީ ދާއިރާއަށް އެނބުރި އަންނަން ތައްޔާރުވަމުން ކަމަށް ބުނެފިއެވެ. ބިޕާޝާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2015 ވަނަ އަހަރު ރިލީޒްކުރި ބިރުވެރި ފިލްމު "އެލޯން"އިންނެވެ. ބިޕާޝާގެ ފިރިމީހާ ކަރަން ސިންގް ގްރޯވަރުއާ އެކު ބަތަލާ ފެނުނު މި ފިލްމަށްފަހު ބިޕާޝާ ވަނީ ފިލްމީ ދާއިރާއިން ވަރަށް ބޮޑު ބްރޭކެއް ނަގާފައެވެ. ކަރަންއާ ކައިވެންޏަށް ފަހު އަލަތު ދަރިފުޅު ލިބުމާ އެކު ބަތަލާގެ ހުރިހާ ވަގުތެއް ހުސްކޮށްފައި ވަނީ މި އަހަރު ތިން އަހަރު ފުރޭ ދޭވީއަށެވެ. ބިޕާޝާ ފިރިމިހާ/އެކްޓަރު ކަރަން ސިންގް އަދި ދަރިފުޅު ދޭވީއާ އެކު މިދިޔަ އަހަރު ރާއްޖޭގައި--ފޮޓޯ/ޕިންކްވިލާ ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބިޕާޝާ ބުނެފައި ވަނީ އުމުރުން 15 އަހަރުން ފެށިގެން ބަތަލާ އައީ އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުން ކަމަށާއި ޒަވާޖީ ހަޔާތެއް ފަށައި މަންމައަކަށް ވުމުން ބޭނުންވީ ވަރަށް ބޮޑު ބްރޭކެއް މަސައްކަތުން ނެގުމަށް ކަމަށެވެ. ބިޕާޝާގެ ދަރިފުޅު ވިހެއި ތަނުން ދަރިފުޅުގެ ހިތުގެ މައްސަލަތަކެއް ހުރިކަން އެނގި ދިރިއުޅުމުގައި އެންމެ ބޮޑު އިސްކަމެއްދޭން ބޭނުންވީ ކުއްޖާގެ ސިއްހަތަށް ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ކުއްޖަކު ހޯދުމަށްފަހު އެ ކުއްޖަކު ވަކި އުމުރުފުރާއަކަށް އަންނަންދެން މައިންބަފައިން ގާތުގައި ތިބުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ހާއްސަކޮށް ކޮންމެ ކުއްޖަކަށް ވެސް މަންމަ ބޭނުންވާނެ ކަމަށާއި އެ ފުރުސަތު ދަރިފުޅު ދޭވީއަށް ގެއްލުވައިލަން ބޭނުންނުވާ ކަމަށް ބިޕާޝާ ވަނީ ބުނެފައެވެ. ފިލްމު އިންޑަސްޓްރީގައި 20 އަހަރު ވަންދެން ބިޕާޝާ މަސައްކަތް ކުރިއިރު އެއްވެސް ވަރަކަށް ޗުއްޓީއެއް ނުނަގާ ވެސް މަސައްކަތްކޮށްފައި ހުންނާނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ފިލްމުތަކުގައި މަސައްކަތް ކުރަން މިހާރުވެސް ބޭނުންވާ ކަމަށާއި ފިލްމީ ދާއިރާއަށް އެނބުރި އައުމުގެ މަސައްކަތް ބަތަލާ ފަށާފައިވާ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ފިލްމަކުން ބިޕާޝާ ފެންނާނީ ސީދާ މިވެނި ތާރީޚެއްގައި ބުނަން އަދި ދަތި ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ