ޖެހިޖެހިގެން ދެވަނަ ރޭ މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ގޮސްފި
        ސްޓެލްކޯގެ ދެ ފީޑަރު ނިވުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.  ސްޓެލްކޯއިން ބުނީ މި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ވަނީ މައާފަށް އެދިފައެވެ.  https://x.com/stelcomaldives/status/1932505102465818847?s=46&t=2qUFbQFpkBYOb52bxpkm9A  މައްސަލަ ހައްލު ކުރެވޭނެ ވަކި އިރެއް އެ ކުންފުނިން ހާމައެއް ނުކުރެއެވެ.  ފާހަގަކޮށްލެވޭ ގޮތުގައި ރޭ ވެސް މާލޭގެ ބައެއް ހިސާބުތަކުން ވަނީ ކަރަންޓު ގޮސްފައެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ