ރާއްޖޭގެ ކަނޑަކީ އޭގެ މައްޗަށް ދިރިއުޅުން ބަރޯސާވެފައިވާ ވަސީލަތެއް އެކަނި ނޫން ކަމަށާއި މުޅި ދިރިއުޅުން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ކަނޑުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ތަފްސީލް - ރައީސް ވިދާޅުވީ ދުނިޔޭގެ ދުޅަހެޔޮކަން ފެށެނީ ކަނޑުގެ ދިރުންތަކުގެ ދުޅަހެޔޮކަމުން ކަމަށެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ހޫނުމިން އިތުރުވެ، މަހުގެ ސްޓޮކް ކުޑަވަމުންދާ ކަން ފާހަގަކުރެއްވި އެވެ. އަދި ގޮނޑުދޮށްތައް ގިރަމުންދާ ކަން ވެސް ފާހަގަކުރެއްވި އެވެ.
ބައިނަލްއަގުވާމީ ކަނޑުގެ ދުވަހާ އެކު މިއަދު އަޒުމު އާކުރާންވީ ކަނޑުތައް ހިމާޔަތް ކުރުމަށް ކުރަން ޖެހޭ މަސައްކަތް އިތުރުކޮށް އެ ކަމަށް މުޅި ދުނިޔޭން ވެސް އިހުތިރާމްކޮށް އިޖާބަދިނުމަށް ކަމަަށް ރައީސް ވިދާޅުވި އެވެ.
”ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ކަނޑުގެ ވަސީލަތްތަކަކީ ހަމައެކަނި ވަސީލަތެއް ނޫން، އެއީ މުޅި ދިރިއުޅުން. ދިވެހިންގެ ދިރިއުޅުން ހަމަޖައްސަމުން ދަނީ ކަނޑުގެ ވަސީލަތްތަކުން ކުރާ މަސްވެރިކަމާއި ޓޫރިޒަމް އަދި އެހެނިހެން މަސައްކަތްތަކުން,“ ރައީސް ވިދާޅުވި އެވެ.
ރާއްޖެއަށް ކަނޑަކީ މުޅި ދިރިއުޅުން، މޫސުމީ ބަދަލުތަކުން ކުރާ އަސަރުން ކަނޑު ހިމާޔަތް ކުރަން ޖެހޭ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ